ޓެސްޓަށް އުފެއްދި އައިސްތަކުގެ ތެރެއަށް ބަޔަކު ފިޔާތޮށި ކުލަ އަޅައިފި

ކޫއްޑޫ އައިސްޕްލާންޓުން ޓެސްޓަށް އުފެއްދި އައިސްތަކެއްގެ ތެރެއަށް ބަޔަކު ފިޔާތޮށި ކުލަ އަޅާފައި --- ފޮޓޯ// ކިޔުންތެރިއެއް

ކޫއްޑޫ އައިސްޕްލާންޓުން ޓެސްޓަށް އުފެއްދި އައިސްތަކެއްގެ ތެރެއަށް ބަޔަކު ފިޔާތޮށި ކުލަ އަޅައިފި އެވެ.

ނަން ހާމަނުކުރުމަށް އެދި 'ސަން' އާ ވާހަކަދެއްކި ކޫއްޑޫ މުވައްޒަފުން ބުނީ އައިސް ޕްލާންޓުން ޓެސްޓަށް އުފެއްދި އައިސްތަކެއްގެ ތެރެއަށް ބަޔަކު ފިޔާތޮށި ކުލަ އަޅާފައި ހުރި ކަމަށެވެ. "ބޮޑަށް ބެލެވެނީ އެއީ މުވައްޒަފަކު ޖެއްސުމަށް ކުރި ކަމެއް" ކަމަށް އޭނާ ބުންޏެވެ.

ކޫއްޑޫ އައިސްޕްލާންޓުން ޓެސްޓަށް އައިސް އުފައްދަނީ --- ފޮޓޯ// ކިޔުންތެރިއެއް

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިހާރު ހިންގަމުން އަންނަނީ މިފްކޯގެ ދަށުންނެވެ. މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވިދާޅުވީ އައިސް ޕްލާންޓް ޓެސްޓަށް ޖައްސައިގެން އުފެއްދި އައިސްތަކުގެ ތެރެއަށް ބަޔަކު ފިޔާތޮށި ކުލަ އެޅި ވާހަކަ އަކީ ތެދުވާހަކައެއް ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް އައިސްއެއް މަސްވެރިންނަށް ދޫ ނުކުރާނެ ކަމަށް އަދުލީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އައިސްއަކީ ކާން ގެންގުޅޭ މަހަށް އަޅާ އެއްޗަކަށްވުމުން އެ އައިސްގައި އެއްވެސް ކުލައެއް އަދި ވަހެއް ވެސް ނުހުންނާނެ ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ޓެސްޓަށް އުފެއްދި އެ އައިސްތައް އުކާލާނެ ކަމަށް އަދުލީ ވިދާޅުވި އެވެ.

comment ކޮމެންޓް