އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ އަމާޒުގައި ނަބާހާ އާއި ނަބީހާ ޓޯކިޔޯއަށް

ގައުމީ ބެޑްމިންޓަން ޓީމްގެ ދެ ކުޅުންތެރިންކަމަށްވާ ނަބީހާ އާއި ނަބާހާ --- ފޮޓޯ: ބީއޭއެމް

ދެހާސް ވިހި ވަނަ އަހަރު ޖަޕާނުގެ ޓޯކިޔޯގައި އޮންނަ އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ކޮލިފައިވުމުގެ އަމާޒުގައި ތަމްރީންތަކަށް ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމްގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ޖަޕާނަށް ފުރައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުންން ބުނީ، މިދިޔަ އަހަރު ފެށި ތަމްރީން ޕްރޮގްރާމްގެ ދަށުން ދެ ކުޅުންތެރިންގެ ތަމްރީންތަށް 2020 ވަނަ އަހަރުގެ އޮލިމްޕިކްސްއާ ހަމައަށް ކުރިއަށްދާނެ ކަމަށާއި މިހާރު ކުރިއަށް ދަނީ ކުރުމުއްތަދުގެ ތަމްރީންތަށް ކަމަށެވެ.

ޖަޕާނު ސަރުކާރުގެ އެހީއާ އެކު ނަބާހާ އާއި ނަބީހާގެ ތަމްރީންތަށް ކުރިއަށް "ގެންދަނީ ސްޕޯޓްސް ފޯ ޓުމޯރޯ"، އަލްޕާ ބެޑްމިންޓަން ނެޓްވޯކާ ގުޅިގެންނެވެ.

ނަބާހާ އާއި ނަބީހާގެ އިތުރުން ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ ޒަޔާން ޒަކީ ވެސް އަންނަނީ މެލޭޝިއާގައި ތަމްރީންތަކެއް ފުރިހަމަ ކުރަމުންނެވެ. އޮލިމްޕިކްސްގެ ކުރިން ރާއްޖޭގެ އެންމެ ބޮޑު ޓާގެޓަކީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދުމެވެ.

comment ކޮމެންޓް