އެއާ އަރަބިއާގެ ސާފު ފައިދާ 26 ޕަސެންޓް އިތުރުވެއްޖެ

އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ބަޖެޓް ކެރިއަރެއް ކަމަށްވާ އެއާ އަރަބިޔާގެ ސާފު ފައިދާ 26 ޕަސެންޓު އިތުރުވެއްޖެ އެވެ.

އެ އެއާލައިނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށް ނިމުނު، އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ އެއާލައިނަށް ފައިދާގެ ގޮތުގައި 80.9 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ އެއާލައިނަށް ފައިދާގެ ގޮތުގައި ލިބުނީ 63.9 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ އެއާލައިނުން ވަނީ 2.27 މިލިއަން ޕެސެންޖަރުން އުފުލާފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 14 ޕަސެންޓު އިތުރު އަދަދެކެވެ.

އެ އެއާލައިނުގެ ފައިދާ 26 ޕަސެންޓު އިތުރުވެފައިވާ އިރު ތިން ވަނަ ކުއާޓަރުގައި އެ އެއާލައިން ގެ އާމްދަނީ އަކީ 30 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް