ސީލައިފް ގްލޯބަލްގެ 278 ހައުސިން ޔުނިޓް އަޅަން ޗައިނާގެ ކުންފުންޏަކަށް

ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރާ ހައުސިންގް ޔުނިޓްތަކުގެ މޮޑެލް އެއް ---

ސީ ލައިފް ގްލޯބަލްއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ 3000 ހައުސިން ޔުނިޓްގެ ތެރޭން 278 ހައުސިންގެ ޔުނިޓް އަޅަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ސީލައިފް ގްލޯބަލްގެ ފަރާތުން އެކުންފުނީގެ އެމްޑީ އަހުމަދު މޫސާއާއި ޗައިނާގެ މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕު (އެމްއެމްސީ)ގެ ފަރާތުން އެކުންފުނީގެ ނައިބު ރައީސް ވަނީ އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ. އޭގެ އިތުރުން ހައުސިން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވެސް އެއްބަސްވުމުގައި ސޮއިކުރައްވާފައިވެ އެވެ.

ސީ ލައިފް ކުންފުނިން ބުނެފައިވަނީ އެބޭފުޅުންގެ އަމާޒަކީ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް 2018 ސެޕްޓެމްބަރު މަހުގެ ކުރިން ނިންމުން ކަމަށެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 1000 ފްލެޓް އަަޅަން ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކޮރަލް ހޯލްޑިން ޕްރައިވެޓް ލިމިޓެޑާއެވެ.

ސީލައިފް ގްލޯބަލް އަށް 3000 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށް، ބިންގާ އަޅާފައިވަނީ 2014 އޭޕްރީލްގައެވެ.

comment ކޮމެންޓް