އަންހެންކުދީންގެ މުސްތަގުބަލާ ގުޅޭގޮތުން އެކުލަވާލި، ދުނިޔޭގެ އާބާދީއާ ބެހޭ ރިޕޯޓު ރާއްޖޭގައި ނެރެފި

13 ނޮވެމްބަރ 2016: ޔޫއެންއެފްޕީއޭއިން އަހަރަކު އެއްފަހަރު ނެރޭ ސްޓޭޓް އޮފް ވޯލްޑް ރިޕޯޓު ރާއްޖޭގައި ރަސްމީކޮށް ނެރުން: މި ރިޕޯޓު ނެރެދެއްވީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން --ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޔުނައިނެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ)އިން ކޮންމެ އަހަރަކު ވެސް ނެރޭ ދުނިޔޭގެ އާބާދީގެ ހާލަތާ ގުޅޭގޮތުން އެކުލަވާލި ސްޓޭޓް އޮފް ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓު ރާއްޖޭގައި ރަސްމީކޮށް ނެރެފިއެވެ.

މި ރިޕޯޓަކީ ޔޫއެންއެފްޕީއޭއިން ކޮންމެ އަހަރަކުވެސް، ދުނިޔޭގެ އާބާދީގެ ތެރެއިން ކޮންމެވެސް ދާއިރާއެއްގެ ރައްޔިތުންނާ ގުޅޭގޮތުން އެކުލަވާލައި، ނެރޭ ރިޕޯޓެކެވެ. މިއަހަރުގެ ރިޕޯޓު ޚާއްސަވެފައި އޮތީ 10 އަހަރުގެ އަންހެން ކުދީންގެ މުސްތަގުބަލު ބިނާކުރުމާއި އެކުދީންނަށް ހޭދަކޮށް، އެހީތެރިވެދިނުމާ ގުޅޭގޮތުންނެވެ.

މި ރިޕޯޓު ދުނިޔޭގެ ފެންވަރުގައި ނެރުނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ރާއްޖޭގައި ރިޕޯޓު ނެރުނީ މިއަދުއެވެ.

ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯގައި މިއަދު ބޭއްވި ހަފްލާއެއްގައި، މިއަހަރުގެ ސްޓޭޓް އޮފް ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓު ރާއްޖޭގައި ރަސްމީކޮށް ނެރެދެއްވީ ޔޫއެންއެފްޕީއޭގެ ރާއްޖޭގެ ކަންޓްރީ ޑައިރެކްޓަރ އެލެން ސިބަނެލަރއާއި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

ޔޫއެންއެފްޕީއޭގެ ރާއްޖޭގެ އެސިސްޓެންޓް ރެޕްރެޒެންޓޭޓިވް ޝާދިޔާ އިބްރާހިމް ވިދާޅުވީ، މިއަހަރުގެ ރިޕޯޓު ބިނާވެފައިވަނީ، މިހާރު އުމުރުން 10 އަހަރުގެ އަންހެން ކުދިންނަށް 25 އަހަރު ފުރޭ އިރު، ކުދިންގެ ހަޔާތުގައި ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރެވޭނެ ގޮތްތަކުގެ މައްޗަށް ކަމަށެވެ.

"މިހާރު 10 އަހަރުގެ ކުދިން 15 އަހަރު ފަހުން ހުންނާނީ 25 އަހަރު ވެފައި. އެޑަލްޓްސްއަށް ވެފައި. އެ ޔަންގް ކުދިންގެ މުސްތަގުބަލުގައި، އެކުދިންގެ ޑްރީމްސް ފުލްފިލް ކުރެވޭނީ އެކުދިންގެ އެޑަލްޓް ލައިފްގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ކާމިޔާބު ބަޔަކަށް ހެދޭނީ، މިހާރު އަޅުގަނޑުމެން ކުރާ އިންވެސްޓްމެންޓަކާއި ހޭދައަކީ. މި ރިޕޯޓުގެ މައިގަނޑު މެސެޖަކީ،" ޝާދިޔާ ވިދާޅުވިއެވެ.

ޝާދިޔާ ވިދާޅުވީ، ރާއްޖޭގައި އާންމުކޮށް ކައިވެނިކުރަނީ 22 އަހަރުގައި ކަމަށާއި ވަރަށް އަވަހަށް ކުދިން ހޯދާ ކަމަށެވެ. އަދި އަންހެން ކުދީންގެ ތެރެއިން ގިނަ ކުދީން މަސައްކަތް އަދާނުކުރަނީ ކުދިން ބަލަން ޖެހޭތީ ކަމަށް ބުނާ ކަމަށް ބޯހިމެނުން ފަދަ ތަފާސް ހިސާބުތަކުން އެނގެން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވެ އެބަ ފެނޭ އަންހެން ކުދިން ފުރާވަރު އުމުރުގައި، މުސްތަގުބަލު ބިނާކުރަން އަންނަ ގޮންޖެހުމަކަށް ވަނީ ކައިވެނި ކޮށްގެން ކުދިން ލިބުން. މިކަހަލަ ކަންކަމުގައި ކިހިނެއްތޯ އެހީތެރިވެދެވޭނީ،"

13 ނޮވެމްބަރ 2016: ޔޫއެންއެފްޕީއޭއިން އަހަރަކު އެއްފަހަރު ނެރޭ ސްޓޭޓް އޮފް ވޯލްޑް ރިޕޯޓު ރާއްޖޭގައި ރަސްމީކޮށް ނެރުން: މި ރިޕޯޓު ނެރެދެއްވީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން --ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޝާދިޔާ ވިދާޅުވީ، ރިޕޯޓު އެކުލަވާލުމުގައި، ޔޫއެންއެފްޕީއޭއިން މާލެއާއި ބައެއް ރަށްރަށުން، އުމުރުން 10 އަހަރުގެ އަންހެން ކުދިންނާ ބައްދަލުކޮށްފައިވާ ކަމަށާއި، އެކުދިންނާ ވާހަކަ ދައްކާލުމުން އެކުދިން މުސްތަގުބަލަށް ކުރާ ބޮޑެތި އުންމީދުތައް އެނގޭ ކަމަށެވެ.

"އެކުދިންގެ އެބަހުރި ޑްރީމްސް. އާބާދީއަށް ކަމެއް ކޮށްދެވުނުކަމަށް ވާނީ ހުރިހާ ކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދެވިއްޖިއްޔާ. އަޅުގަނޑުމެންނަށް އަޑު އުފުލައި، މިހާރު ހުރި ސިޔާސަތުތަކާއި، ކުރަންޖެހޭ ހޭދަތައް ރަނގަޅުކުރުމަށް ޔޫއެންއެފްޕީއޭއިން މަސައްކަތް ކުރަނީ،" ޝާދިޔާ ވިދާޅުވިއެވެ.

comment ކޮމެންޓް