ފަރަށް އެރި ދޯންޏެއް ފުންކުރުމުގެ މަސައްކަތުގައި އުޅުނު މީހަކު ނިޔާވެއްޖެ

ބިލެއްފަހި ފަރަށް އެރި ދޯނި: އެހާދިސާގައި މީހަކު ވަނީ މަރުވެފައި-- ފޮޓޯ: ކިޔުންތެރިއެއް

ށ. ބިލެތްފަހީގައި ދޯންޏެއް ފަރަށް އަރައި، ހިނގި ހާދިސާއެއްގައި މީހަކު ނިޔާވެއްޖެ އެވެ. ނިޔާވީ ފަރަށް އެޅި ދޯނީގެ ވެރިފަރާތް ކަމަށްވާ 55 އަހަރުގެ މުހައްމަދު ސިރާޖު އިދުރީސެވެ. އެއީ އެރަށު ކައުންސިލް ރައީސްގެ ބައްޕަ އެވެ.

ބިލެތްފަހީ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ޖިޔާދު ވިދާޅުވީ އޭނާ ބައްޕަ ނިޔާވީ ދޯނި ފަރަށް އެރުމުން ދޯނި ފުންކުރުމަށް މޫދަށް ފައިބައި އުޅުމުގެ ތެރެއިން ކަމަށެވެ.

"ވަލެއް ހިފައިގެން ބައްޕަ ފަތާފައި ދިޔައީ ނަގިލި ލާންވެގެން، ނަގިލި ލާންވެގެން ފައިބައިގެން އުޅުމުގެ ތެރެއިން ލޮނުބޮވިގެން ބައްޕަ ނިޔާވި ކަމަށް ގަބޫލު ކުރެވެނީ،" ބައްޕަ ނިޔާވި ގޮތް ކިޔައިދެމުން އޭނާ ވިދާޅުވިއެވެ.

މަސްވެރިކަމަށް ބޭނުންކުރާ 45 ވަރަކަށް ފޫޓުގެ ދޯނި ފަރަށް އެރީ މާލެއަށް ދަތުރުކުރާ ބަޔަކު ބޯޓަކަށް ލުމަށްފަހު އެނބުރި ބިލެތްފައްސަށް ވަންނަނިކޮށެވެ.

އޭނާ ނިޔާވި ހާދިސާ ހިނގިއިރު އެ ބޯޓުގައި އިތުރު ހަތަރު މީހުންތިބި ކަމަށް ވެސް ކައުންސިލްއިން ބުނެއެވެ.

comment ކޮމެންޓް