ކުއާޓާއަށް ދަތުރުކުރި 8 ޓީމު ކަށަވަރުވެއްޖެ

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތެރެއިން: އެ މުބާރާތުގެ ކުއާޓާ އަށް ދަތުރުކޮށްފައި ވަނީ ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދި އަށް ޓީމު --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާ އަށް ޓީމަކީ މުބާރާތުގެ ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތެރެއިން: އެ މުބާރާތުގެ ކުއާޓާ އަށް ދަތުރުކޮށްފައި ވަނީ ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދި އަށް ޓީމު --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދައި، ކުއާޓާ އިން ޖާގަ ހޯދި ޓީމުތަކަކީ ހެންވޭރު، ކ. ގުރައިދޫ، ހއ. ވަށަފަރު، ސ. ފޭދޫ، ރ. ދުވާފަރު، ތ. ތިމަރަފުށި، މ. ދިއްގަރު އަދި ގދ. މަޑަވެއްޔެވެ.

އެ މުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެރޭ އެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި ހެންވޭރާއި ގުރައިދޫ ބައްދަލުކުރާ އިރު، ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ވަށަފަރާއި ފޭދޫ އެވެ. ކުއާޓާގެ ތިން ވަނަ މެޗުގައި ދުވާފަރާއި ތިމަރަފުށި ބައްދަލުކުރާ އިރު، ހަތަރު ވަނަ މެޗުގައި ބައްދަލުކުރާނީ ދިއްގަރާއި މަޑަވެއްޔެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތެރެއިން: އެ މުބާރާތުގެ ކުއާޓާ އަށް ދަތުރުކޮށްފައި ވަނީ ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދި އަށް ޓީމު --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކުއާޓާގެ މެޗުތަކުން މޮޅުވާ ހަތަރު ޓީމެވެ. ސެމީގެ މެޗުތައް އަންނަ އާދިއްތަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރެވެ.

ޖުމްލަ 50 ޓީމާ އެކު ކުރިއަށްދާ އެ މުބާރާތުގެ މެއިން ސްޕޮންސަރަކީ 1991 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ސޮނީ ސްޕޯޓްސް އެވެ.

comment ކޮމެންޓް