ސައުދީގައި ނޯޓު 7 ބޭނުން ކުރުން މަނާކޮށްފި

ސައުދީ އަރަބިއްޔާގައި ގޮވި ނޯޓެ 7ގެ ފޯނެއް --- ފޮޓޯ: އަލް އަރަބިއްޔާ

ސައުދީ އަރަބިއްޔާގައި، ސެމްސަން ގެލެކްސީ ނޯޓް 7 ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާ ކޮށްފި އެވެ.

އެ ގައުމުން ނޯޓް 7 ބޭން ކޮށްފައި މި ވަނީ އެ ބާވަތުގެ ފޯނު ގޮވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނޯޓު 7 ގޮވުމުގެ ތިން ހާދިސާތައް ސައުދީ އަރަބިއްޔާގައި ހިނގާފައިވާއިރު އެ ހާދިސާތަކުގެ ސަބަބުން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށާއި އަދި އެފަދަ ހާދިސާއެއްގެ ސަބަބުން މީހުންނަށް ގެއްލުން ލިބިދާނެ ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ކޮމާސް އިން ވަނީ ބުނެފައެވެ.

ސައުދީގައި ނޯޓް 7 ބޭނުން ކުރުން ރަސްމީކޮށް ހުއްޓުވުމަށް އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ގެލެކްސީ ނޯޓް 7 ބޭނުން ކުރާ ފަރާތެއް ވާނަމަ ވީ އެންމެ އަވަހަކަށް، އެ ފޯނު ވިއްކި އޭޖެންޓަކަށް ގޮސް ފޯނު ރިޓާން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ފޯނުގެ ބަދަލުގައި ފޯނު ގަތުމަށް ދިން ފައިސާ އެ ފަރާތްތަކުން ހޯދުމަށް ވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.

ސެމްސަންގެ ނޯޓް 7 އަށް ދިމާވެފައިވާ މައްސަލައަކީ ބެޓަރީގެ މައްސަލައެކެވެ. ދުނިޔޭގެ އެކި ގައުމުތަކަށް އެ ކުންފުނިން ފޮނުވި ފޯނުތައް ގޮވާ ކަމަށް ބުނެ، އެ ކުންފުނިން ވަނީ އެ ސީރީސްގެ ފޯނުތައް އަނބުރާ ނަގަން ފަށާފަ އެވެ. އެކަމާ ގުޅިގެން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ސާފު ފައިދާގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

comment ކޮމެންޓް