ޑެންމާކަށް ދިޔަ ސީރިއާގެ މަޔަކާއި ދެދަރިން ފްރީޒަރަކަށް ލާފައި އޮއްވާ ފެނިއްޖެ

ސީރިއާގެ އަންހެނަކާއި ދެކުދިން މަރުވެފައި އޮއްވާ ފެނުނު މައްސަލަ ޑެންމާކުގެ ފުލުހުން ދަނީ ތަހުގީގު ކުރަމުން -- ފޮޓޯ: ރޮއިޓާސް

ކޯޕަންހޭގަން (ނޮވެމްބަރު 1): ޑެންމާކަށް ދިޔަ ސީރިއާގެ މަޔަކާއި އޭނާގެ ކުޑަ ދެ އަންހެން ކުދިން މަރާލާފައި އޮއްވާ ފްރީޒަރެއް ތެރެއިން ފެނިއްޖެ އެެވެ.

ފުލުހުން ބުނި ގޮތުގައި 27 އަހަރުގެ އެއަންހެން މީހާ އާއި ހަތް އަހަރާއި ނުވަ އަހަރުގެ ދެކުދިން ފެނިފައި ވަނީ ދެކުނު ޑެންމާކުގައި އޮންނަ އާބެންރާ ސިޓީގައި އެމީހުން ދިރިއުޅޭ ފްލެޓުންނެވެ.

ފުލުހުން އެމީހުން ހޯދަން ފެށީ އެއާއިލާގެ ހަބަރެއް ނުވާތާ ދުވަސްތަކެއް ވެއްޖެ ކަމަށް ބުނެ ގާތްތިމާގެ މީހަކު ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރުމުންނެވެ.

ފުލުހުން މިހާރު ދަނީ އެއަންހެން މީހާ އާއި ދެކުދިން މަރާލި ކަމުގެ ތުހުމަތުގައި ދެކުދިންގެ ބައްޕަ ހޯދަމުންނެވެ. އެފިރިހެންމީހާ ދިރިއުޅެނީ އާއިލާއާ އެއްކޮށް ނޫން ކަމަށް ޑެންމާކުގެ ނޫސްތަކުން ބުނެ އެވެ.

ސީރިއާއަށް ނިސްބަތްވާ އެއާއިލާ ރެފިއުޖީންގެ ގޮތުގައި ޑެންމާކަށް ދިޔައީ މިދިޔަ އަހަރު ތެރޭގައި ކަމަށް އާއިލާގެ އަވަށްޓެރިން ބުނެ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް