ޝަހީމްގެ ހެޓްރިކާއެކު ދެއްވަދޫ ބަލިކޮށް، ކުޑަހުވަދޫ ގްރޫޕް އެކެއްގެ އެއް ވަނައަށް

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި ދ. ކުޑަހުވަދުއާއި ގއ. ދެއްވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކުޑަހުވަދޫ މޮޅުވެފައި ވަނީ 4-2 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި އާދަމް ޝަހީމްގެ ހެޓްރިކާއެކު ގއ. ދެއްވަދޫގެ މައްޗަށް ކުރި ހޯދައި، ދ. ކުޑަހުވަދޫން ގްރޫޕް އެކެއްގެ އެއް ވަނައަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު އަމިއްލަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ގއ. ދެއްވަދޫގެ މައްޗަށް ކުޑަހުވަދޫ ކުރި ހޯދާފައި ވަނީ 4-2 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ދެ ވަނަ މިނެޓުގައި އާދަމް ޝަހީމް ކުޑަހުވަދުއަށް ލީޑު ހޯދައިދިން އިރު، މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ވެސް ޝަހީމެވެ. މެޗުގެ 41 ވަނަ މިނެޓުގައި ދެއްވަދޫން ކާމިޔާބުކުރި ލަނޑު ޖަހައިދިނީ މައުރޫފް އިބްރާހިމް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން ކުޑަހުވަދޫ ކުރީގައި އޮވެގެންނެވެ.

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި ދ. ކުޑަހުވަދުއާއި ގއ. ދެއްވަދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކުޑަހުވަދޫ މޮޅުވެފައި ވަނީ 4-2 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ 74 ވަނަ މިނެޓުގައި ދެއްވަދުއަށް އަލީ އަހުސަން ނަތީޖާ ހަމަހަަމަކޮށްދިން ނަމަވެސް، މެޗު ނިމެން 16 މިނެޓަށް ވެފައި ވަނިކޮށް، ކުޑަހުވަދޫން ދެ ލަނޑު ޖަހައި ލީޑު ފުޅާކުރި އެވެ. މެޗުގެ 84 ވަނަ މިނެޓުގައި ކުޑަހުވަދުއަށް ޖުމައިލް ޖަމީލް ލީޑު ހޯދައިދިން އިރު، މެޗުގެ 86 ވަނަ މިނެޓުގައި އެ ޓީމުގެ ޝަހީމް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

އެ ނަތީޖާއާ އެކު ގްރޫޕް އެކެއްގެ އެއް ވަނައިގައި ކުޑަހުވަދޫ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ފޭދުއަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އެ ގްރޫޕްގައި ދެން ހިމެނޭ ދެއްވަދުއާއި އދ. މަހިބަދުއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ. މިހާތަނަށް ދެއްވަދޫން ދެ މެޗު ކުޅެފައިވާ އިރު، މަހިބަދޫ ކުޅެފައި ވަނީ އެއް މެޗެވެ.

comment ކޮމެންޓް