ލޯނު ނުދައްކައިފިނަމަ ދޮޅިޔަދޫ ރިސޯޓު ވިއްކާލުމުގެ ހުއްދަ ބޭންކަށް ދީފި

ދޮޅިޔަދޫ ރިސޯޓު ---

ބޭންކް އޮފް ސިލޯނުން ނަގާފައިވާ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) ހަތްމަސް ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ އެ ރިސޯޓު ވިއްކާލުމުގެ ހުއްދަ ކޯޓުން ބޭންކަށް ދީފި އެވެ.

ސިވިލް ކޯޓުން އެ ގޮތަށް ހުކުމް ކޮށްފައި ވަނީ ދޮޅިޔަދޫ ރިސޯޓު ރަހުނުކޮށް ނަގާފައިވާ ލޯނެއް ނުދައްކައިގެން އެ މައްސަލަ ބޭންކް އޮފް ސިލޯނުން ކޯޓަށް ހުށަހެޅުމުންނެވެ.

ދޮޅިޔަދޫ ރަހުނުކޮށް ސިލޯނު ބޭންކުން ނަގާފައި ވަނީ އަށް މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެކެވެ. މިއަހަރުގެ ފެބުރުއަރީ 2015 ގެ ނިޔަލަށް 11 މިލިއަނަށް ވުރެ ގިން ޑޮލަރު އިންޓަރެސްޓާ އެކު ދައްކަން ޖެހޭ ކަމަށް ހުކުމުގައިވެ އެވެ.

އެހެންކަމުން އެ ފައިސާ ހަތް މަސްދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ ދޮޅިޔަދޫ ވިއްކާލުމުގެ ހުއްދަ ކޯޓުން ވަނީ ބޭންކަށް ދީފަ އެވެ.

ދޮޅިޔަދޫއަކީ މީގެކުރިން ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ލޯނެއްގެ ރަހުނުގެ ގޮތުގައިވެސް ހިމަނާފައިވާ ރިސޯޓެކެވެ. އެ ލޯނު ނުދައްކައިގެން ދޮޅިޔަދޫ ވިއްކާލުމުގެ ހުއްދަ ބޭންކުން އިންޑިއާ ބޭންކަށް ވެސް ވަނީ ދީފަ އެވެ.

comment ކޮމެންޓް