އެންމެ މޮޅު އެކްޓަރަކީ ރަންބީރު ކަޕޫރު: އާމިރު

މިވަގުތު ބޮލީވުޑުގައި ހުރި އެންމެ މޮޅު އެކްޓަރަކީ ރަންބީރު ކަޕޫރު ކަމަށް، ސުޕަސްޓާރ އާމިރު ޚާން ބުނެފި އެވެ. އާމިރު އެހެން ބުނެފައި ވަނީ ރަންބީރުގެ އެންމެ ފަހުގެ ފިލްމު ‘އޭ ދިލް ހޭ މުޝްކިލް’ ބެލުމަށް ފަހު ކުރި ޓުވީޓެއްގަ އެވެ.

ފިލްމު ބެލުމަށް ފަހު އާމިރު ކުރި ޓުވީޓެއްގައި ވަނީ ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރުގެ އިތުރުން ފިލްމުގެ ލީޑު ތަރިން ކަމުގައިވާ އަނުޝްކާ ޝަރްމާ އަދި އައިޝްވާރްޔާ ރާއި ބައްޗަން އަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

“ރަންބީރަކީ އެންމެ މޮޅު އެކްޓަރު. ބުނާނެ އިތުރު އެއްޗެއް ނެތް. މިއީ ކޮންމެހެން ވެސް ބަލަން ޖެހޭ ފިލްމެއް،” އާމިރު ބުނެފައިވެ އެވެ.

‘އޭ ދިލް ހޭ މުޝްކިލް’ ރިލީޒް ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އަޖޭ ދޭވްގަންގެ އެކްޝަން ފިލްމް ‘ޝިވާއޭ’، އާއި އެކުގަ އެވެ. ނަމަވެސް ކަރަންގެ ފިލްމަށް ލިބެމުން އަންނަ ތަރުހީބު ބޮޑެވެ. އެ ފިލްމަށް ތިން ދުވަހުން ވަނީ 23 ކުރޯޑު ރުޕީޒް ލިބިފަ އެވެ.

‘އޭ ދިލް ހޭ މުޝްކިލް’ ޕްރޮޑިއުސް ކޮށްފައި ވަނީ ފޮކްސް ސްޓާ ސްޓޫޑިއޯސް އާއި ދަރްމާ ޕްރޮޑަކްޝަންސް އިންނެވެ.

comment ކޮމެންޓް