ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫ ހޯދައިފި

ގއ. އަތޮޅުގެ ޗެމްޕިއަން ކަނޑުހުޅުދޫ ---

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫ ހޯދައިފި އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގެ ގއ. އަތޮޅު ގްރޫޕުގެ މެޗުތައް ރޭ ނިމިގެންދިޔަ އިރު، ކަނޑުހުޅުދޫން ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ.

ހއ. އަތޮޅުގެ ޗެމްޕިއަން ވަށަފަރު ---

ގއ. އަތޮޅު ގްރޫޕްގެ ދެ ވަނައިގައި އޮތް ދާންދޫ އަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ކޮލަމާފުށްޓަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ވިލިގިލި އަދި ގެމަނަފުށްޓަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެ މުބާރާތުގެ ހއ. އަތޮޅާއި، ރ. އަތޮޅު އަދި ހދ. އަތޮޅު ގްރޫޕްގެ މެޗުތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. މުބާރާތުގެ ހއ. އަތޮޅުގެ ޗެމްޕިއަންކަން ވަށަފަރުން ހޯދާފައިވާ އިރު، ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދުވާފަރެވެ. އަދި ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނާވައިދޫ އެވެ.

ރ. އަތޮޅުގެ ޗެމްޕިއަން ދުވާފަރު ---

އެ މުބާރާތުގެ ފުރަތަމަ ބުރުން ކޮންމެ އަތޮޅަކުން ނުވަތަ މާލޭގެ އަވަށަކުން ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޒޯން ބުރުން ޖާގަ ލިބޭނެ އެވެ. ފުރަތަމަ ބުރު ކުރިއަށްދާނީ އަތޮޅުތައް ނުވަތަ މާލޭގެ އަވަށްތަކުގެ މެދުގައެވެ. ފުރަތަމަ ބުރުން އެންމެ ކުރީގައި އޮންނަ ޓީމުތަކަށް ޗެމްޕިއަންކަން ލިބޭނެ އެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރަކީ ކޮންމެ އަތޮޅަކުން ނުވަތަ މާލޭގެ އަވަށަކުން ދެ ޓީމަށްވުރެ ގިނައިން ވާދަކުރާ އަތޮޅު ނުވަތަ އަވަށްތަކުގެ މެދުގައި ކުޅެވޭ ބުރެކެވެ. އަތޮޅަކުން ނުވަތަ މާލޭގެ އަވަށަކުން އެއް ޓީމު ބައިވެރިވެއްޖެ ނަމަ، އެ ޓީމަކަށް ޒޯން ބުރުގެ ޖާގައެއް ލިބޭނެ އެވެ.

ހދ. އަތޮޅުގެ ޗެމްޕިއަން ނާވައިދޫ ---

މިހާތަނަށް އަތޮޅުގެ ބުރުގެ ޗެމްޕިއަންކަން ހޯދި ގއ. ކަނޑުހުޅުދޫ އާއި، ހއ. ވަށަފަރާއި، ރ. ދުވާފަރު އަދި ހދ. ނާވައިދޫއާއެކު ނ. ހޮޅުދުއާއި، ޅ. ހިންނަވަރާއި، އއ. އުކުޅަހާއި، އދ. މާމިގިއްޔާއި، ވ. ފުލިދުއާއި، މ. ދިއްގަރާއި، ދ. ކުޑަހުވަދުއާއި، ތ. ތިމަރަފުށްޓާއި، ޏ. ފުވައްމުލަކުގެ މިސްކިތްމަގު ޓީމު އަދި ހެންވޭރުގެ ރޮކްސްޓްރީޓް އެސްސީ ވެސް ޒޯން ބުރުގައި ވާދަކުރާނެ އެވެ.

އެ މުބާރާތުގެ ޒޯން ބުރަކީ އެ ޒޯނެއްގައި ހިމެނޭ ރަށްތަކުގެ ޓީމުތަކުގެ މެދުގައި ކުޅެވޭ ބުރެކެވެ. އެ ބުރުން ޗެމްޕިއަންކަން ހޯދާ އަށް ޓީމަށް ނޮކްއައުޓް ބުރުން ޖާގަ ލިބޭނެ އެވެ.

ޖުމްލަ 50 ޓީމާއެކު ކުރިއަށްދާ އެ މުބާރާތުގެ މެއިން ސްޕޮންސަރަކީ 1991 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ ސޮނީ ސްޕޯޓްސް އެވެ.

comment ކޮމެންޓް