މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ސެމްސަން ކުންފުނީގެ އޮޕަރޭޓިން ޕްރޮފިޓްގެ މިންވަރު 30 ޕަސެންޓު ދަށަށް ގޮސްފިއެވެ.
އެކުންފުނިން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކުންފުނީގެ ފައިދާ އަކީ 4.6 ބިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 5.9 ބިލިއަން ޑޮލަރެވެ. މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ފައިދާ ދަށްވެފައިވަނީ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައިވެސް އެކުންފުނީގެ ފައިދާ ދަށް ނުވާ މިންވަރަކަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެކުންފުނީގެ ފައިދާ ދަށްވެފައިވަނީ އެކުންފުނިން އެންމެ ފަހުން އުފެއްދި ގެލެކްސީ ނޯޓް 7 އަށް ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން އެ ސީރީސްގެ ފޯނުތައް ވިއްކުން ހުއްޓާލައި، އަނބުރާ ގެންނަން ފެށުމާ ގުޅިގެންނެވެ.
ނޯޓް 7 ގައި ދިމާވި މައްސަލައާ ގުޅިގެން އެކުންފުނީގެ އަގު ވަނީ ބައިނަލްއަގުވާމީ މާކެޓުގައި ވަރަށް ބޮޑަށް ވެއްޓިފައެވެ.