މާބަނޑު ދުވަސްވަރު ގިނައިން ޗޮކްލެޓް ކާނަމަ ދަރިފުޅަށް ފައިދާ ކުރޭ!

މާބަނޑު އަންހެނުން ކޮންމެ ދުވަހަކު ޗޮކްލެޓް ކެއުމަކީ ބަނޑުގައި އޮންނަ ދަރިފުޅަށް އެކަމުގެ ސަބަބުން ތަފާތު ގިނަ ފައިދާ ތަކެއް ކުރުވާ ކަމެއް ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

ސޮސައިޓީ ފޮރ މެޓާނަލް-ފީޓަލް މެޑިސިން އިން ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން، މާބަނޑު އަންހެނުން ކޮންމެ ދުވަހަކު ޗޮކްލެޓް ކާނަމަ، އަންހެން މީހާގެ ހަށިގަނޑުގައި ލޭ ދައުރުވުން އިތުރުކޮށްދީ، ދަރިފުޅުގެ ހެދިބޮޑުވުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއެވެ.

ހަމައެއާއެކު، އަންހެނުން ވިހަން ކައިރިވުމާ އެކު ދިމާވާ ލޭ މައްޗަށް ދިއުމުގެ މައްސަލައަށް ވެސް ޗޮކްލެޓުގެ ސަބަބުން އެދެވޭ ހައްލެއް ލިބޭނެ ކަމަށް އެ ދިރާސާ އިން ވަނީ ދައްކައިފައެވެ.

އެ ދިރާސާގައި ބައިވެރިކޮށްފައި ވަނީ 11 ހަފްތާ އާއި 14 ހަފްތާ އާދެމެދުގެ އަންހެނުންނެވެ. 12 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ދިރާސާ ގައި 129 މާބަނޑު އަންހެނުން ވަނީ ބައިވެރިވެފައެވެ.

މަސްދަރު: ކިޑްސްޕޮޓް

comment ކޮމެންޓް