ގެއްލުނު ދެ ފަތުރުވެރީން ހަ ދުވަސްވީ އިރުވެސް ނުފެނޭ، އަދިވެސް ފެނޭތޯ ބަލަނީ

ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، މާލެއަތޮޅު މަކުނުޑޫ ރިސޯޓް ކައިރިން ގެއްލުނު ދެ ފަތުރުވެރީން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލައި ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މަކުނުޑޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އެ ދެ ފަތުރުވެރިން ގެއްލިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ގެއްލުނީ ދެމަފިރިންނެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއްކަން އަދިވެސް ސާފެއް ނުވެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރު އަދުނާން މުހައްމަދު ވިދާޅުވީ، ސްނޯކްލިންއަށް ދިޔަ އެ ދެ ފަތުރުވެރީން ހޯދުމަށް ކަނޑާއި ވައިގެ މަގުން ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓުމެއް ނެތި އަދިވެސް ކުރިއަށްދާ ކަމަށެވެ.

އެގޮތުން، މިމަހުގެ 22 އިން އިއްޔެގެ ނިޔަލަށް 4412 އަކަމީޓަރުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުންނާއި އަދި 25 މީޓަރު އަޑިއަށް ފީނައިގެންވެސް ބަލާފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ. އަދި ވިދާޅުވީ، މޫސުން ތަންދޭ މިންވަރަކުން އެމީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް