ދެވަނަ ރިހި މެޑައްޔާއެކު ސާޖިނާ ގައުމީ ރެކޯޑެއް އާކޮށްފި

ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ 18 އަހަރުން މަތީގެ އަންހެން ކެޓަގަރީގެ 200 މީޓަރު ބްރެސްޓްސްޓްރޯކު އިވެންޓުގައި ވާދަކޮށް، ޒުވާން ފެތުންތެރިޔާ އައިޝަތު ސާޖިނާ ގައުމީ ރެކޯޑަކާއެކު ރިހިމެޑައްޔެއް ހޯދާފައި -- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސްރީ ލަންކާގެ ކޮލަންބޯގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ 18 އަހަރުން މަތީގެ އަންހެން ކެޓަގަރީގެ 200 މީޓަރު ބްރެސްޓްސްޓްރޯކު އިވެންޓުގައި ވާދަކޮށް، ޒުވާން ފެތުންތެރިޔާ އައިޝަތު ސާޖިނާ ގައުމީ ރެކޯޑަކާއެކު ރިހިމެޑައްޔެއް ހޯދައިފިއެވެ.

އެންމެފަހުން ވެސް 200 މީޓަރު ބްރެސްޓް ސްޓްރޯކްގެ ގައުމީ ރެކޯޑް އާކޮށްފައިވާ ސާޖިނާ، މިފަހަރު ކޮލަމްބޯގައި ގައުމީ ރެކޯޑް އާކުރީ، 03:08.15 އިން ރޭސްނިންމައިގެންނެވެ.

މިހައަހަރު ކުރީކޮޅު އިންޑިއާގެ ގްވާހަޓީގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކޮށް ސާޖިނާ ގައުމީ ރެކޯޑު އާކުރީ 03:08.66 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއީ އޮކްޓޯބަރު 18 ން 23 ކޮލަމްބޯގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ޒުވާން ފެތުންތެރިޔާ ސާޖިނާ ރާއްޖެއަށް ހޯދައިދިން އިންޑިވިޖުއަލް ދެވަނަ ރިހިމެޑައްޔެވެ. މީގެ އިތުރުން ސާޖިނާ ވަނީ ދިވެހިރާއްޖެއަށް އިންޑިވިޖުއަލް އިވެންޓަކުން ރަންވަންލޯ މެޑައްޔެވެސް ހޯދައިދީފައެވެ.

މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަގާމު ހޯދި ސާޖިނާ ވަނީ، މި މުބާރާތުގައި މިހާތަނަށް ގައުމީ ތިން ރެކޯޑެއް އާކޮށްފައެވެ. އެއީ، 50 މީޓަރު، 100 މީޓަރު އަދި 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުތަކުންނެވެ.

މިފަހަރުގެ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ ފެތުންތެރިން ވަނީ ޖުމުލަ 14 މެޑަލް ހޯދައިދީފައެވެ. އެއީ 12 ރަންވަންލޯ މެޑައްޔާއި ދެ ރިހި މެޑައްޔެވެ.

comment ކޮމެންޓް