ވަޒީފާއަށް ތައްޔާރުކޮށް ދޭ މައުލޫމާތާއެކު ފޮތެއް ނެރެފި

"ވަޒީފާއަށް ނުކުންނައިރު" ފޮތް ނެރުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ: އަލީ ހާލިދު

ވަޒީފާގެ މާހައުލަށް މީހުން އަހުލުވެރިކުރުމަށް ގިނަގުނަ މައުލޫމާތުތަކެއް ހިމެނޭ ދިވެހި ފޮތެއް ނެރެފި އެވެ.

"ވަޒީފާއަށް ނުކުންނައިރު" މި ނަމުގައި އިއްޔެ ނެރުނު އެ ފޮތް ލިޔުއްވާފައިވާ ޓީވީއެމްގެ ކުރީގެ ސީއީއޯ އަދި ރައީސް އޮފީހުގައި ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ ހެޑް އަލީ ހާލިދެވެ.

އަލީ "ސަން"އަށް ވިދާޅުވީ އެ ފޮތުގައި މަސައްކަތް ކުރާނެ ދާއިރާއެއް އިހުތިޔާރުކުރުމާއި ވަޒީފާއެއް ހޯދުމަށް މަަސައްކަތް ކުރަން ޖެހޭގޮތް ބުނެދީފައިވާނެ ކަމަށެވެ.

އެގޮތުން އިންޓަވިއޫގެ ތައްޔާރީތަކާއި ވަޒީފާ މާހައުލުގައި ދިމާވާނެ ކަންކަމާއި ކާމިޔާބު ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ ގޮތް ބުނެދީފައިވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

"ވަޒީފާއަކަށް ކުއްޖަކު ނުކުންނައިރު އޭނާ ކަންކުރަންވީ ގޮތް އެނގޭނެ، ސީވީ ތައްޔާރު ކުރާނެ ގޮތާއި އިންޓަވިއޫއަށް ކީމަ އިންޓަވިއޫއަށް ތައްޔާރުވާނެގޮތް ވެސް،" އަލީ ވިދާޅުވިއެވެ.

ސަތޭކަ ސާޅީސް ސޮފްހާގެ އެ ފޮތް 165 ރުފިޔާއަށް ވިއްކަމުންދަނީ ނޮލެޖު ބުކްޝޮޕުންނެވެ.

comment ކޮމެންޓް