މާއެނބޫދޫން ފެނުނީ މާވަހަރެއް ނޫން

ދ. މާއެނބޫދޫން ހޮވި މާވަހަރުކަމަށް ބެލެވޭ އެތީގެ ކައިރި މީހަކު މަޑުކޮށްލައިގެން-- ސަން ފައިލް ފޮޓޯ

މިދިޔަ އޮގަސްޓްމަހު 30 ވަނަ ދުވަހު ދ. މާއެނބޫދޫން ހޮވީ މާވަހަރެއް ނޫންކަމަށް ޓެސްޓްތަކުން ދައްކައިފިއެވެ.

މާއެނބޫދޫ ޖަވާހިރުމާގެ، މުހައްމަދު އަބްދުލްގައްޔޫމް، 55، އެދުވަހު 50 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވީ ހުދަންބަރު މާވަހަރެއް ކަމަށް ހީކޮށެވެ.

އޭނާގެ އާއިލާ މެމްބަރަކު މިއަދު ސަންއަށް ކިޔައިދިންގޮތުގައި، ރާއްޖެއިން ބޭރަށް ގެންގޮސް ޓެސްޓްތައް ހެދުމުން އެއީ މާވަހަރެއް ނޫންކަން މިހާރުވަނީ ކަށަވަރުވެފައެވެ.

މާވަހަރު ކަމަށްބެލެވޭ އޭތި މުހައްމަދަށް ފެނިފައިވަނީ ހިނގާލަން ނުކުމެ އުޅެނިކޮށް އެރަށު ގޮނޑުދޮށަށް ލައްގާފައި އޮއްވައެވެ.

މިދިޔަ އަހަރު ޑިސެމްބަރު މަހު ކޮމަންޑުއިން ހޮވި މާވަހަރު ވިއްކާލީ ގްރާމެއް 37 ޑޮލަރުގެ ރޭޓުންނެވެ. އެ އަގުގައި މާއެނބޫދޫން ފެނުނު މާވަހަރުކަމަށް ބެލެވޭ އެތި ވިއްކާލެވުނުނަމަ، 28.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު ލަފާކުރެވުނެވެ.

comment ކޮމެންޓް