މުސްލިމް ޑިމޮކްރަސީތަކުގެ ފާގަތިކަމަށް އަންހެނުންގެ ހަމަހަމަކަން މުހިންމު: ދުންޔާ

ތިން ވަނަ މުސްލިމް ލީޑަރސް ފޯރަމްގައި ދުންޔާ ވާހަކަ ދައްކަވަނީ --

މުސްލިމް ޑިމޮކްރަސީތަކުގެ ކުރިއެރުމާއި ފާގަތިކަމަށް އަންހެނުންގެ ހަމަހަމަ ކަމަކީ މުހިންމު ކަމެއްކަމުގައި ކުރިގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބޭއްވި ތިން ވަނަ މުސްލިމް ލީޑާސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ދުންޔާ ވިދާޅުވީ މުސްލިމް ޑިމޮކްރެޓިކް މުޖްތަމައުތަކުގެ ތަރައްގީއާ ކުރިއެރުމުގައި އަންހެނުންގެ ބައިވެރިވުން މުހިއްމު ކަމަށެވެ. އަދި ހަރުދަނާ އިޖްތިމާއީ އަދުލުގެ ނިޒާމެއް ގާއިމްވެފައި އޮތުމަކީ އެ މުޖްތަމައުތަކުގެ ހަމަޖެހުމާއި ތަރައްގީ އޭގެ މައްޗަށް ބިނާވެފައިވާ ކަންތައްތައް ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވަނީ އިސްލާމީ ދުނިޔޭގައި އަންހެނުންގެ ދައުރާއި އަންހެނުން ހޯދާފައިވާ ކާމިޔާބީއާއި އަދި އެކަނބަލުންގެ ކުރިއެރުމަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ.

މެލޭޝިއާގެ އޭޝިއަން ސްޓްރެޓީޖިކް އެންޑް ލީޑަރޝިޕް އިންސްޓިޓިއުޓް (އަސްލީ) އިން އިންތިޒާމްކޮށްގެން ބޭއްވި މި ފޯރަމް އިފްތިތާހުކޮށްދެއްވީ މެލޭޝިއާގެ ބޮޑުވަޒީރެވެ. މި ފޯރަމްގައި ދުނިޔޭގެ އެކިކަންކޮޅުތަކުން މަންދޫބުން ބައިވެރިވިއެވެ. މީގެ ތެރޭގައި ސަރުކާރުތަކުގެ މަންދޫބުންނާއި މަދަނީ ޖަމިއްޔާތަކާއި ވިޔަފާރީގެ ދާއިރާއާއި އަދި ތަޢުލީމީދާއިރާގެ މަންދޫބުން ހިމެނެއެވެ.

comment ކޮމެންޓް