Sun Online

ދަރިންނަށް ތޫނުފިލިކަން ވާރުތަކުރަނީ މައިންގެ ފަރާތުން: ދިރާސާ

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

ދަރީންނަށް އެކުދިންގެ ތޫނުފިލިކަން ވާރުތަކުރަނީ މަންމައިންގެ ފަރާތުން ކަމަށާއި، ބައްޕައިންގެ ފަރާތުން ވާރުތަކުރާ ތޫނުފިލިކަމުގައި އެއްވެސް އަސަރެއް ނުހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އަންހެނުންގެ ތޫނުފިލިކަން ދަރިފުޅަށް ވާރުތަކުރަނީ، ދަރިމައިވުމުގައި އަންހެނުންގެ ދެ އެކްސް ކްރޮމޮސޯމް ހިއްސާކުރާތީއެވެ. ފިރިހެނުންގެ ފަރާތުން ލިބެނީ އެންމެ އެކްސް ކްރޮމޮސޯމްއެކެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، ފިރިހެނުންގެ ފަރާތުން ދަރިފުޅުގެ ބުއްދިއަށް ވާރުތަކުރާ ކަންކަން އޮޓޮމެޓިކުން ޑީއެކްޓިވޭޓް ވެއެވެ.

"ދަ އިންޑިޕެންޑެންޓް" ނޫހުގައި ބުނާ ގޮތުން، ކޮންޑިޝަނަލް ޖީންސް ނަމަކަށް ކިޔާ ބައެއް ޖީންތައް މަސައްކަތް ކުރަނީ މަންމަގެ ފަރާތުން ދަރިފުޅަށް އެ ޖީންތައް ލިބޭ ނަމައެވެ. މިހާރު ބެލެވޭ ގޮތުގައި ބުއްދިއާއި ތޫނުފިލިކަމަކީ މައިންގެ ފަރާތުން ދަރިފުޅަށް ވާރުތަކުރާ ކަމެކެވެ.

މީދާ ބޭނުންކޮށްގެން ލެބޯރަޓޯރީގައި ހެދުނު ތަހުލީލުތަކެއް ދެއްކި ގޮތުގައި، މަންމައިންގެ ފަރާތުން އިތުރު ޖީންތައް ލިބުނު މީދާތައް އުފަންވީ ކުދި ހަށިގަނޑުތަކެއް، ނަމަވެސް ބޮޑު ބޮލަކާއި ސިކުނޑިއަކާ އެކުގައެވެ. ބައްޕަގެ ފަރާތުން އިތުުރު ޖީން ލިބުނު މީދާތައް އުފަންވީ ކުދި ބޮލާއި ބޮޑު ހަށިގަނޑަކާ އެކުގައެވެ.

ހަމައެކަނި މަންމަ ނުވަތަ ހަމައެކަނި ބައްޕަގެ ފަރާތުން ޖީންއާ އެކު އުފެދިފައިވާ ސެލް ހުންނަ، ސިކުނޑީގެ ހަ ބައެއް ރީސާޗަރުން ހޯދާފައިވެއެވެ.

ބައްޕަގެ ޖީންތައް ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގެ ތެރޭގައި، ކެއުމާއި، ރުޅިގަދަވުމާއި ބޯހަރުކަމާއި އަދި ޖިންސީ ކަންކަން ކޮންޓްރޯލުކުރާ، ސިކުނޑީގެ ބައިތައް ހިމެނެއެވެ.

އެހެން ނަމަވެސް، ވިސްނުމާއި، ފިކުރުކުރުމާއި، ވާހަކަދެއްކުމާއި އަދި ރޭވުންތެރިކަން ފަދަ ކަންކަން ކުރިޔަށްދާ، ސިކުނޑީގެ ސެރެބްރަލް ކޯޓޭކްސްގައި، ބައްޕައިންގެ ފަރާތުން ވާރުތަކުރާ އެއްވެސް ޖީންއެއް ސައިންސްވެރިންނަށް ހޯދިފައެއް ނުވެއެވެ.

މީދަލާއި އިންސާނުންނާ އެއްގޮތްކަމެއް ނެތް ކަމުން، އިނގިރޭސިވިލާތުގެ ރީސާޗަރުންތަކެއް ވަނީ 12،686 މީހުންގެ މެދުގައި އިންޓަވިއުތަކެއް ނަގައިފައެވެ. 1994 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރި މި އިންޓަވިއުތަކުގައި، އެމީހަކަށް ލިބިފައިވާ ތައުލީމާއި، އޭނާގެ ނަސްލާއި އިޖްތިމާއީ އަދި އިގްތިސާދީ ހާލަތް ރިއާޔަތް ނުކުރެއެވެ. އެކަންކަމަށް ނުބަލައި، ކުރި މި އިންޓަވިއުތަކުން ދެއްކި ގޮތުގައި، އެމީހުންގެ ތޫނުފިލިކަމުގެ މިންވަރު އެންމެ ބޮޑަށް އަދި އެންމެ ރަނގަޅަށް ލަފާކޮށްދެނީ އެމީހެއްގެ މަންމަގެ އައިކިއު ލެވެލްއެވެ.

އެހެން ނަމަވެސް މައިންބަފައިންގެ ފަރާތުން ދަރިފުޅަށް ވާރުތަކުރަނީ ތޫނުފިލިކަމުގެ 40 ނުވަތަ 60 ޕަސަންޓު ކަމަށް އެ ރީސާޗުން ދައްކައެވެ. މާނައަކީ، އެމީހެއްގެ ތޫނުފިނިކަމުގެ ކުޑަ މިންވަރެއް އަށަގަންނަނީ އޭނާގެ ވަށައިގެންވާ މާހައުލުންނެވެ.

infinity loading...
×
DB released 01.