ލ. ހިތަދޫ ކައުންސިލްގެ ރައީސް ގެއްލިގެން ހޯދަން ފަށައިފި

ލ. ހިތަދޫ: އެރަށުން މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި -- ފައިލް ފޮޓޯ

ލ. ހިތަދޫ ކައުންސިލްގެ ރައީސް އަހްމަދު މުހައްމަދަށް ވީނުވީއެއް ނޭނގި ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ހިތަދޫ މީހަކު ގެއްލިގެން ރޭ ފަތިހު 5.00ގައި ރިޕޯޓު ކޮށްފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ހިތަދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު އަލީ ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު މުހައްމަދު ކަން 'ސަން' އަށް ކަށަވަރު ކޮށްދީފައެވެ.

މުހައްމަދު އަލީ ވިދާޅުވީ، އެންމެ ފަހުން އަހްމަދު ފެނިފައިވަނީ ގާތްގަނޑަކަށް އިއްޔެ ހަވީރު 6 ޖަހާކަން ހާއިރު ކަމަށެވެ. އަދި އަހްމަދުގެ ސައިކަލް ރަށުގެ ދެކުނުފަރާތު (މެންދޫ އާ ވީ ފަރާތުގައި) ބަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް