ހާބަރު ފްޑްކޯޓްތައް ތަރައްގީ ކުރަން ފަށައިފި

ހާބަރު ކެފޭތައް ހިންގި ޒަމާނުގައި އެސަރަހައްދު-- ސަން ފައިލް ފޮޓޯ

ކުރީގައި ހާބަރު ކެފޭތައް ހިންގަމުން ދިޔަ ސަރަހައްދުގައި ޒަމާނީ 'ފުޑްކޯޓް'ތަކެއް އެޅުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ފަށައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އިއްޔެ ސަން އަށް ވިދާޅުވީ އެތަނުގައި ފުޑްކޯޓްތައް އެޅުމަށް ޓަކައި ފައުންޑޭޝަންގެ މަސައްކަތް މިހަފްތާގައި ފަށާފައިވާ ކަމަށާއި ދީފައިވާ މުއްދަތަށް އެތަން ތަރައްގީކޮށް ނިންމާލެވޭނެ ކަމަށެވެ.

އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ 27 ފުޑްކޯޓާއި ޕާކިން ޒޯންތަކަކާއި ދެ ފާހާނާ ބަރި ހެދުމަށެވެ. ހުޅަނގު ބަނދަރު ސަރަހައްދުގައި ފުޑްކޯޓް ތަރައްގީ ކުރާނީ ބަދިގެތަކެއް ހުރެފައި ދެ ފަރާތުން ވެސް ވަދެވޭ ގޮތަށް، މީހުން އިށީނދެ ތިބުމަށް ބޮޑު ސަރަހައްދެއް އޮންނަ ގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ ރޮޓަރީ އުސޫލުން ވެހިކަލް ޕާކް ކުރާނެ ދެ ސަރަހަދެއް ވެސް އޮންނާނެ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒުވި ދާޅުވީ ފުޑްކޯޓްތައް ތަރައްގީ ކުރުމުން އެ ސަރަހައްދު ވަރަށް ހިތްގައިމު މަންޒިލަކަށް ވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް