ވަޓްސްއެޕް ބޭނުން ކުރާ ޖަރުމަނު މީހުންގެ މައުލޫމާތު ރައްކާ ނުކުރުމަށް ފޭސްބުކަށް އަންގައިފި

ވަޓްސް އެޕް -- ފޮޓޯ: ޕީއޭ

ވަޓްސްއެޕް ބޭނުން ކުރާ ޖަރުމަނު ރައްޔިތުންގެ މައުލޫމާތު ހޯދައި ރައްކާ ނުކުރުމަށް ޖަރުމަނުގެ ޕްރައިވަސީ ރެގިއުލޭޓަރެއް ކަމަށްވާ ދަ ހެމްބަރގް ކޮމިޝަނަރ ފޯ ޑޭޓާ ޕްރޮޓެކްޝަން އެންޑް ފްރީޑަމް އޮފް އިންފޯމޭޝަން އިން ފޭސްބުކަށް އަންގައިފިއެވެ.

ވަޓްސްއެޕް މިހާރު ހިންގަނީ ފޭސްބުކްގެ ދަށުންނެވެ. ފޭސްބުކުން ވަޓްސްއެޕް ގަތީ 2014 ވަނަ އަހަރު 19 ބިލިއަން ޑޮލަރަށެވެ. ފޭސްބުކުން ވަޓްސްއެޕް ގަތީ އެ އެޕްލިކޭޝަނަކީ ޒުވާނުންގެ މެދުގައި މަގުބޫލު އެޕެއް ކަމުގައި ހެދުމުގެ މަގްސަދުގައެވެ.

ދަ ހެމްބަރގް ކޮމިޝަނަރ ފޯ ޑޭޓާ ޕްރޮޓެކްޝަން އެންޑް ފްރީޑަމް އޮފް އިންފޯމޭޝަން އިން ބުނެފައިވާ ގޮތުގައި ޖަރުމަރުގެ 35 މިލިއަނެއްހާ މީހުން ވަޓްސްއެޕް ބޭނުން ކުރަމުން އަންނަ އިރު ފޭސްބުކަށް އެދެވޭ ރަނގަޅު ނަތީޖާއެއް ނުނެރެވެއެވެ.

މި މައްސަލަ ޖަރުމަނު ވިލާތުން ފެންމަތިކޮށްފައި މިވަނީ މި އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ފޭސްބުކުން، ވަޓްސްއެޕްގެ ޕްރައިވަސީ ޕޮލިސީ ބަދަލު ކުރުމާ ގުޅިގެންނެވެ. ވަޓްސްއެޕް ޕްރައިވަސީ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ތެރޭގައި ވަޓްސްއެޕް ބޭނުން ކުރައްވާ ފަރާތްތަކުގެ މައުލޫމާތު ފޭސްބުކަށް ޝެއަރ ވާ ގޮތަށް ގެނައި ބަދަލުވެސް ހިމެނެއެވެ.

comment ކޮމެންޓް