ނަރުދޫގައި މީހެއްގެ ގައިމައްޗަށް ފާރެއް ވެއްޓި މަރުވެއްޖެ

ނަރަދޫގައި މިއަދު ހިނގި ހާދިސާގައި ވެއްޓުނު ފާރު: ސަން ފޮޓޯ

ށ. ނަރުދޫ ގެއެއްގެ ފާރެއް ތަޅަން އުޅުމުގެ ތެރޭގައި މީހެއްގެ ގައިމައްޗަށް ފާރުވެއްޓި އޭނާ މަރުވެއްޖެ އެވެ.

ނަރުދޫ ކައުންސިލުގެ ނައިބް ރައީސް އަބްދުﷲ އަޒުމީ "ސަން" އަށް މިއަދު ވިދާޅުވީ، މިއަދު ހެނދުނު ގާތްގަނޑަކަށް 9:00 ޖަހާއެހާކަންހާއިރު ހިނގި އެ ހާދިސާގައި ފާރު ވެއްޓިފައި ވަނީ ތިން މީހެއްގެ ގައި މައްޗަށް ކަމަށެވެ.

އޭގެ ތެރެއިން އެކަކު މަރުވިކަން ހޮސްޕިޓަލުން ޔަގީން ކޮށްދީފައިވާ އިރު، މަރުވެފައި ވަނީ އެރަށު އިރުމަތީގޭ އަހުމަދު މުފީދު،58، ކަމަށެވެ.

ދެވަނަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން އިތުރު ފަރުވާއަށް ހދ. ކުޅުދުއްފުއްޓަށް ފޮނުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ކައުންސިލުން ބުނި ގޮތުގައި ތިން ވަނަ މީހާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

comment ކޮމެންޓް