ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފި

ގދ. ގައްދޫ، މީނާޒް، އަޙްމަދު ޝިޔާއު (36އ) ---ފޮޓޯ: ޕޮލިސް

މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ހޯދަމުންދަނީ ގދ. ގައްދޫ، މީނާޒް، އަޙްމަދު ޝިޔާއު (36އ) އެވެ. އަހްމަދު ޝިޔާއު ހޯދަމުން ދަނީ 2016 އޮގަސްޓް 29 ވަނަ ދުވަހުގެ ވަގުތެއްގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލިބެލުމުން ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ކަހާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.

ޝިޔާއު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތެއް ފުލުހުންނާ ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.

comment ކޮމެންޓް