ގައުމީ 8 ބޯލް ޗެމްޕިއަންޝިޕް މާދަމާ ފަށަނީ

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ މެޗެއްގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 13 ވަނަ ގައުމީ އެއިޓް ބޯލް ޗެމްޕިއަންޝިޕް 64 ކުޅުންތެރިންނާ އެކު މާދަމާ ރޭ ފެށުމަށް ތައްޔާރު ވެއްޖެ އެވެ.

އެސޯސިއޭޝަންގެ މެމްބަރުންގެ ތެރެއިން 80 ކުޅުންތެރިން ކޮލިފައިންގައި ވާދަކޮށްފައިވާ އިރު ހަތަރު ދުވަހަށް ދިގު ދެމިގެން ދިޔަ ކޮލިފިކޭޝަން ރައުންޑަށް ފަހު މުބާރާތަށް ކޮލިފައިވެފައި ވަނީ ޖުމްލަ 64 ކުޅުންތެރިންނެވެ.

މިއީ މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ކުޅުންތެރިން ބައިވެރިވާ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ.

މުބާރާތް ކުރިއަށްދާނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. ޑަބަލް އެލިމިނޭޝަންއަކީ މުބާރާތުގެ ފުރަތަމަ މެޗުން އެ ކުޅުންތެރިއަކު ބަލިވި ނަމަވެސް ދެވަނަ މެޗެއް ކުޅުމުގެ ފުރުސަތު ދިނުމެވެ. މުބާރާތުގެ ފުރަތަމަ ދެ ރޭ ރެއަކު 16 މެޗު ކުޅޭނެ އެވެ.

comment ކޮމެންޓް