ވޯލްޓް ޑިޒްނީއަށް ގޮންޖަހާލާ ވަރުގެ ޕާކެއް ޗައިނާ ކުންފުންޏަކުން ހުޅުވައިފި

ވެންޑަ ކުންފުނިން ޗައިނާގައި އަލަށް ހުޅުވި ޕާކު -- ފޮޓޯ: އޭއެފްޕީ

ވޯލްޓް ޑިޒްނީއިން ޗައިނާގައި ގާއިމްކުރި ޕާކަށް ގޮންޖަހާލާ ވަރުގެ ޕާކެއް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑެލިއަން ވެންޑަ އިން ހުޅުވައިފިއެވެ.

ވެންޑަ ކުންފުނިން ވަނީ މީގެ ކުރިންވެސް ޗައިނާގެ ނަންޗަންގައި ތީމް ޕާކެއް ހުޅުވާފައެވެ. އެ ޕާކު ހުޅުވާފައިވަނި ވޯލްޑް ޑިޒްނީއިން ޝަންހާއިގައި ހުޅުވި ޕާކު ހުޅުވުމުގެ ތިން ވަރަކަށް ހަފްތާ ކުރިންނެވެ. އެކުންފުނިން މިފަހަރު ޕާކެއް ހުޅުވާފައިވަނީ އެގައުމުގެ ހެފެއިގައެވެ.

ޖުމްލަ 5.1 ބިލިއަން ޑޮލަރުގެ މި ޕާކު ހުޅުވާފައިވަނީ ހޮނިހިރު ދުވަހު އެވެ. މި ޕާކުގައި ހޮޓާތަކާއި ޝޮޕިން މޯލް އެއްވެސް ހިމެނެއެވެ.

މި ޕާކު ހުޅުވުމާ އެކު ވެންޑާއިން މިވަނީ އެކުންފުނިން ވޯލްޓް ޑިޒްނީއާ އޮތް ވާދަވެރިކަން އާ ހަރުފަތަކަށް ގެންގޮސްފައެވެ.

އަލަށް ހުޅުވި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެންޑަ ކުންފުނީގެ ވެރިޔާ، ވޭންގް ޖިއަންލިން ވިދާޅުވީ އޭނާ ބޭނުންވަނީ ބޭރުގެ ޕްރޮޑަކްޓްތަކަށްވުރެ އެތެރޭގެ ޕްރޮޑަކްޓްތައް ފުޅާކޮށް ޗައިނާގެ ސަގާފަތް އާލާ ކުރުމަށް ކަމަށެވެ.

ވެންޑަ ކުންފުނިން ހާމާ ކުރި ގޮތުގައި އެކުންފުނީގެ އަމާޒަކީ 2020 ގެ ނިޔަލަށް ޗައިނާގެ އެކި ސަރަހައްދުތަކުގައި އެފަދަ އިތުރު 20 ޕާކު ގާއިމް ކުރުމެވެ.

comment ކޮމެންޓް