ތަރައްގީ ވަޒަން ކުރުމުގައި ގާބިލުކަން ހުރި މިންވަރު ވަޒަން ކުރަން ޖެހޭ: ފޮރިން މިނިސްޓަރު

އދ.ގެ އާންމު ޖަލްސާގައި މިނިސްޓަރު އާސިމް ތަގުރީރު ކުރައްވަނީ--- ފޮޓޯ: އދ

ތަރައްގީ ވަޒަން ކުރުމުގައި ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އިގްތިސާދުގައި ހުންނަ ބަލިކަށި ކަންތައްތަކަށް ނުބަލައި، ގައުމުތަކުގެ ގާބިލުކަން ހުރި މިންވަރު ބެލުމަށް ރާއްޖެ އިން ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފި އެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ދެއްވަމުން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގައި ތަރައްގީ ވަޒަން ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ރާއްޖެ ފަދަ ކުދި ގައުމުތަކަށް އިންސާފުވެރިއެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖެ ފަދަ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ނަޒަރު ހިންގަވަމުން މިނިސްޓަރު އެންމެ ބޮޑަށް ފާހަގަކުރެއްވީ އެހެން ގައުމުތަކަށް ބަރޯސާ ވާން ޖެހޭ މިންވަރުގެ މައްޗަށެވެ. މީގެ އިތުރުން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށް ކުރަމުން އަންނަ ކަމަށް އާސިމް ވިދާޅުވި އެވެ.

އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކުގެ ލިސްޓުން މެދު މިނުގެ އާމްދަނީ ލިބޭ ގައުމަކަށް ރާއްޖެ މިހާރު ބަދަލުވެފައިވާ އިރު އެ ބަދަލާ ގުޅިގެން މީގެ ކުރިން ރާއްޖެ އަށް ލިބެމުން އައި ބައެއް އިނާޔަތްތައް މިހާރު ނުލިބޭ ކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. ރާއްޖެއަކީ މެދު މިނުގެ އާމްދަނީ ލިބޭ ގައުމަކަށް ރަސްމީކޮށް ބަދަލުކޮށްފައި ވަނީ 2011 ވަނަ އަހަރު އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތަށް ބަލާއިރު އަންހެނުން ބާރުވެރިކުރުވަމަށާއި ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު