އޮމޭގާ 3 ހިމެނޭ ކާނާ ކެއުމުން ކުޑަކުދިންގެ ކިޔުމުގެ ހުނަރު ރަނގަޅުވާކަމަށް ދިރާސާއަކުން ވަނީ ދައްކާފައި --
އޮމޭގާ 3 ހިމެނޭ ކާނާ ކެއުމުން ކުޑަކުދިންގެ ކިޔުމުގެ ހުނަރު ރަނގަޅުވާކަމަށް ދިރާސާއަކުން ވަނީ ދައްކާފައި --
އޮމޭގާ 3 ހިމެނޭ ކާނާ ކެއުމުން ކުޑަކުދިންގެ ކިޔުމުގެ ހުނަރު ރަނގަޅުވާކަމަށް ދިރާސާއަކުން ވަނީ ދައްކާފައި --
އޮމޭގާ 3 ހިމެނޭ ކާނާ ކެއުމުން ކުޑަކުދިންގެ ކިޔުމުގެ ހުނަރު ރަނގަޅުވާކަމަށް ދިރާސާއަކުން ވަނީ ދައްކާފައި --

އޮމޭގާ 3 ހިމެނޭ ކާނާ ކެއުމުން ކުޑަކުދިންގެ ކިޔުމުގެ ހުނަރު ރަނގަޅުވޭ: ދިރާސާ

ރުގިއްޔާ މުހައްމަދު މޫސާ
ލިޔުނީރުގިއްޔާ މުހައްމަދު މޫސާ

ކަންނެއްޔާއި ސޭމަން ފަދަ މަސްތަކާއި އޮއިސްޓާ ފަދަ ޝޭލްފިޝްގައި ހިމެނޭ އަދި ތެޔޮ ގުޅައިންވެސް ލިބިދޭ ފެޓީ އެސިޑެއް ކަމަށްވާ އޮމޭގާ 3، ކެއުމުގައި ބޭނުން ކުރުމުން ކުޑަކުދިންގެ ކިޔުމުގެ ހުނަރު ރަނގަޅުވާ ކަމަށް ސްވިޑެންގެ ސާލްގްރެންސްކާ ޔުނިވާސިޓީން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޖާނަލް އޮފް ޗައިލްޑް ސައިކޮލޮޖީ އެންޑް ސައިކޭޓްރީގައި ހިމަނާފައިވާ އެ ދިރާސާގައި، ނުވަ އަހަރާއި 10 އަހަރާ ދެމެދުގެ 154 ކުދިން ބައިވެރި ކުރި އެވެ. އަދި އެކުދިން ތިން ގުރޫޕަކަށް ބަހާލުމަށް ފަހު، އެއް ގުރޫޕަށް އޮމޭގާ 3 ކެޕްސޫލް، އަނެއް ގުރޫޕަށް އޮމޭގާ 6 ކެޕްސޫލް އަދި ތިން ވަނަ ގުރޫޕަށް އޮމޭގާ ފެޓީ އެސިޑްސް ނުހިމެނޭ ކެޕްސޫލްތަކެއް ތިން މަސް ވަންދެން ދިނެވެ. އޮމޭގާ 6 އަކީ ވެޖިޓެބުލް އޮއިލްގައި ހިމެނޭ އެއްޗެކެވެ.

އެއަށްފަހު އެކުދިންގެ ކިޔުމުގެ ހުނަރު ބެލުމަށް ކޮމްޕިއުޓާ ޓެސްޓެއް ދިނެވެ. އެ ޓެސްޓުގައި ދިރާސާ ކުރިއަށް ގެންދިޔަ ތިން މަސް ތެރޭގައި ކުދިންގެ ކިޔުމުގެ ސްޕީޑަށާއި، ބަސްތައް ކިޔާ ގޮތަށް އަންނަ ބަދަލުތައް ބަލާފައިވެ އެވެ.

"އޮމޭގާ ފެޓީ އެސިޑްސް ނުހިމެނޭ ކެޕްސޫލް ދިން ކުދިންނާ އަޅާ ބަލާއިރު އޮމޭގާ 3 އާއި 6 ހިމެނޭ ކެޕްސޫލް ބޭނުން ކުރި ކުދިންގެ ކިޔުމުގެ ހުނަރު ރަނގަޅުވި ކަން އެންމެ ތިން މަސް ދުވަހުން ފާހަގަވި. އެކަން އެންމެ ބޮޑަށް ފާހަގަވީ އެއްވެސް މާނަ އެއް ދޭހަ ނުވާ ބަސްތައްވެސް ރަނގަޅަށް ކިޔުމަށާއި ކިޔުމުގެ ސްޕީޑަށް އައި ބަދަލުން،" ދިރާސާގައި ބައިވެރިވި ޑޮކްޓަރެއް ކަމަށްވާ މެޓްސް ޖޯންސަން ވިދާޅުވި އެވެ.

މީގެ އިތުރުން އެދިރާސާއިން ދެއްކި ގޮތުގައި އޮމޭގާ 3 ބޭނުން ކުރާ ކުދިން، ކަންކަމަށް ސަމާލުކަން ދޭ މިންވަރު އިތުރުވެ އެވެ. އެހެންކަމުން ހިމޭނުން ނުހުރެވޭ ބަލި ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުދިންގެ ޑައިޓުގައި އޮމޭގާ 3 ހިމެނުމުން އެކުދިން ކަންތަކަށް ސަމާލުކަން ދޭ މިންވަރު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެ ދިރާސާގައި އޭޑީއެޗްޑީ ހުރިކަން ޔަގީންވެފައިވާ ކުދިން ހިމަނާފައި ނުވުމުން އެއީ ޔަގީންވާ ކަމެއް ނޫން ކަމަށްވެސް ދިރާސާގެ ބައިވެރިން ފާހަގަ ކުރި އެވެ.

DB released.