އަބަދު ބޮލުގައި ރިއްސާ ނަމަ ކުރެވިދާނެ ކަންކަން!

އަބަދު ވެސް ބޮލަށް ބަރުވެފައި ހުރުމާއި ބޮލުގައި ރިހުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. ބޮލުގައި ރިހުމުގެ މައްސަލަ ދިމާވަނީ ފެން ބުއިން މަދުވުމާއި، ކަންކަމާ މެދު ވިސްނާ މިންވަރު އިތުރުވުން ފަދަ ކަންކަމުގެ ސަބަބުންނެވެ. ބޮލުގައި ރިހުމުން ދުރުކޮށްދޭން ހާއްސަ ބޭސް ހުރި ނަމަވެސް، އެއީ ޑޮކްޓަރުގެ އިރުޝާދާ ނުލައި، ގޭގެ ބަދިގެއިން ލިބެން ހުންނަ އެއްޗެހިން ވެސް ފަރުވާ ކުރެވިދާނެ ކަމެކެވެ.

  • އިނގުރު: ބޮލުގައި ރިއްސާ ނަމަ، ކޮންމެ ދުވަހަކު ދެ ފަހަރު އިނގުރު ދިޔަ އާއި ލުނބޯ ހުތް އެއްކޮށްގެން ބުއިމަށް އާދަ ކުރާށެވެ. ނޫންނަމަ، ފެނަށް އިނގުރު އަޅައި ކެއްކުމަށް ފަހު، އާވި އަރުވާށެވެ.
  • ފޮނިތޮށި: ފޮނިތޮށި ހިމުން ކުރުމަށް ފަހު ފެނާއި އެއްކޮށް، ތަތް ޕޭސްޓު ގަނޑެއް ތައްޔާރު ކުރާށެވެ. އެއަށްފަހު އެ ޕޭސްޓު ނިތްކުރީގައި އުނގުޅާށެވެ. ބައި ގަޑި އިރު ވަންދެން ޕޭސްޓު ގަނޑު ބެހެއްޓުމަށް ފަހު ތާފަނާ ފެނުން ދޮވެލާށެވެ. ބޮލުގައި ރިހުމަށް ލުއި ކަމެއް ލިބޭނެ އެވެ.
  • ކަރަންފޫ: ކަރަންފޫ ހިމުން ކުރުމަށް ފަހު ފޮތިކޮޅެއްގެ ތެރެއަށް އަޅާށެވެ. އެއަށް ފަހު އެއިން ވަސްބަލާށެވެ. ވަސް ބަލަމުންދާ ވަރަކަށް ބޮލަށް ލުއިވާކަން އިހުސާސް ކުރެވޭނެ އެވެ.
  • ލުނބޯ: ކަޅު ސައި ތަށްޓަށް 1/2 ލުނބޯގެ ހުތް އެޅުމަށް ފަހު ބުއިމަށް އާދަކުރާށެވެ. ނޫން ނަމަ ނިތްކުރީގައި ލުނބޯ ހުތް އުނގުޅުމުން ވެސް ބޮލަށް ލުއިކަން ލިބެ އެވެ.
comment ކޮމެންޓް