ނިދަން އުނދަގޫވޭތަ؟ ހައްލު މިއޮތީ!

ދޮންކެޔޮ ސަޔަކީ ނިދަން އުނދަގޫ މީހުންނަށް، ނިދުމުގައި އެހީތެރިވެދޭ ބުއިމެއް ކަމަށް ދިރާސާތަކުން ދައްކާ --

ނިދަން އުޅެއުޅެ ނުނިދޭ މީހުން ވަރަށް ގިނައެވެ. ރޭގަނޑުގެ ނިދި ނުލިބުމުގެ ސަބަބުން ދުވަހުގެ މަސައްކަތަށް ބުރޫ އަރައެވެ. އަދި ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ވެސް ދަށްވެއެވެ. އެހެންކަމުން ރޭގަނޑު ނިންޖަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ.

މިހާރު މިވަނީ ނިދަން އުނދަގޫވާ މައްސަލައަށް ހައްލެއް ވެސް ލިބިފައެވެ. ދޮންކެޔޮ ސަޔެވެ. ބައެއް މީހުންނަށް ދޮންކޭލަކީ އެއްގޮތަކަށް ވެސް ކަމުދާ އެއްޗެއް ނޫނެވެ. ނަމަވެސް ދޮންކެޔޮ ސަޔަކީ އޭގެ ސަބަބުން ނިދަން ފަސޭހަވާ ބުއިމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ބޭނުންވާ ތަކެތި:

  • ދޮންކެޔޮ ވަކެއް
  • ފެން
  • ފޮނިތޮށި ކޮޅެއް (ބޭނުން ނަމަ)

ތައްޔާރު ކުރާނެ ގޮތް:

ކުޑަ ތެއްޔަކަށް ދެ ޖޯޑު ފެން އަޅާށެވެ. އެއަށްފަހު ތާޒާ ދޮންކެޔޮ ވަކެއްގެ ދެ ކޮޅު ކަނޑާލުމަށް ފަހު، ފެން ތެލީގެ ތެރެއަށް ލާށެވެ. ދޮންކެޔޮ ވައް ތެއްޔަށް ލާނީ ތޮށިގަނޑާ ވެސް އެކުގައެވެ. އެއަށްފަހު ފެން ކައްކާށެވެ. ބޭނުން ނަމަ ފެނުގެ ތެރެއަށް ކުޑަ ފޮނިތޮށި ކޮޅެއް ވެސް ލެވިދާނެއެވެ.

ރަނގަޅަށް ކެކުމުން ޖޯޑަކަށް ފެން ފޮދު ފުރާނާލާށެވެ. އަދި ތޮށްޓާއެކު ދޮންކެޔޮ ވައް ކާލާށެވެ.

ނިދަން އޮށޯތުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ސައި ތަށި ބޯލާށެވެ. އޭރުން އަވަހަށް ނިދަން އެހީތެރިވެދެއެވެ.

ދޮންކޭލުގެ ތޮށީގައި ގިނަ މިންވަރަކަށް މެގްނީސިއަމް އެކުލެވިގެންވެއެވެ. މެގްނީސިއަމް އަކީ ރިލެކްސް ވުމަށް އެހީވެދޭ މާއްދާ އެކެވެ.

comment ކޮމެންޓް