ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު އިއުލާންކޮށްފި

ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްވިމިން ޓީމުގައި ހިމެނޭ ފެތުންތެރިއެއް ކަމަށްވާ އައިމިނަތު ޝަޖަން: އޭނާގެ އިތުރުން ދެން ޓީމުގައި ހިމެނެނީ އައިޝަރު ސައުސަން އާއި ނިޝްވާން އިބްރާހިމް އަދި އިސްމާއިލް މުއުތަސިމް އަދުނާން --- ސަން ފޮޓޯ: އަފްރާހް

މި އަހަރު ފަހުކޮޅު ކެނެޑާގެ ވިންސާގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްވިމިން ޓީމު އިއުލާންކޮށްފި އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 6 އިން 12ގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ނަގާފައި ވަނީ ހަތަރު ފެތުންތެރިންނެވެ. އެއީ ފިރިހެން ދެ ފެތުންތެރިންނާއި އަންހެން ދެ ފެތުންތެރިންނެވެ.

އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ނަގާފައިވާ ފިރިހެން ދެ ފެތުންތެރިންނަކީ ނިޝްވާން އިބްރާހިމާއި އިސްމާއިލް މުއުތަސިމް އަދުނާނެވެ. އަދި އަންހެން ދެ ފެތުންތެރިންނަކީ އައިމިނަތު ޝަޖަން އާއި އައިޝަތު ސައުސަން އެވެ. އެ ފެތުންތެރިންގެ ތެރެއިން ނިޝްވާން އާއި ޝަޖަން އަކީ ބްރެޒިލްގައި މި އަހަރު ކުރިއަށްދިޔަ އޮލިމްޕިކް ގޭމްސްގައި ވާދަކުރި ދެ ފެތުންތެރިންނެވެ.

ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ފެތުންތެރިން ހޮވާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ޓްރަޔަލްގެ ނަތީޖާތަކަށް ބެލުމަށްފަހު އެވެ. ޓީމަށް ފެތުންތެރިން ނަގާފައި ވަނީ އެންމެ ރަނގަޅު ނަތީޖާ ނެރުނު ފިރިހެން ދެ ފެތުންތެރިންނާއި އަންހެން ދެ ފެތުންތެރިންނެވެ.

comment ކޮމެންޓް