މާލޭގެ ގެއެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި

ގ. އެތުމާވިލާ ހުންނަ ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ: އެގެ ބަލާ ފާސްކޮށް ފުލުހުން ވަނީ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގ. އެތުމާވިލާ ނަމަކަށް ކިޔާ ގެއެއް ބަލާ ފާސްކޮށް އެގެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން"އަށް މިރޭ ވިދާޅުވީ، އެތުމާވިލާއަށް ފުލުހުން ވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ގ. އެތުމާވިލާ ހުންނަ ސަރަހައްދުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަނީ: އެގެ ބަލާ ފާސްކޮށް ފުލުހުން ވަނީ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އިސްމާއިލް ވިދާޅުވީ، ފުލުހުން އެގެއަށް ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އިސްމާއިލް ނުދެއްވައެވެ.

comment ކޮމެންޓް