މީހެއްގެ ގަޔަށް ވަޅި ހެރި ޒުވާނަކު ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

ބުރުޒުމަގާއި ހިލާލީ މަގު ގުޅުނު ކަންމަތީގައި ހުރި ޒުވާނެއްގެ ގަޔަށް ވަޅި ހެރި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 5:30 ހާއިރު މ. ގޯލްޑްބާޑް ލިލީ އިބްރާހީމް އިޝާމް މުހައްމަދު ބުރުޒުމަގާއި ހިލާލީމަގު ގުޅުނު ކަންމަތީގައި ހުންނަ "ގްޑުސް ކޯނާ" ފިހާރަ ކައިރީ ހުއްޓައި ހދ. ކުމުންދޫ، ރަވީނާ، ފާއިގު އާދަމް އޭނާ އަށް ވަޅިއަކުން ހަމަލާދީފައިވާ ކަމަށެވެ.

އިޝާމް އެ ފިހާރަ ކައިރީ ހުއްޓައި އިތުރު މީހަކާ އެކު ސައިކަލްގައި ގޮސް ފާއިގު އޭނާއާ ދިމާލަށް ދުވެފައިގޮސް ގާތްގަނޑަކަށް ތިލައިގެ ދިގުމިނުގައި ހަތް އިންޗި ހުންނަވަރުގެ ވަޅިއެއް ހޫރާލައި، އިޝާމްގެ ކަނާތުގެ ކަށި އިނގިއްޔާއި ކުޑަވާއިނގިއްޔާ ދެމެދު ޒަޚަމްކޮށްލާފައިވާކަން ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.

comment ކޮމެންޓް