ލޫކަސްގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި

ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ކްރިމިނަލް ކޯޓުން ނެރެނީ ---- ސަން ފައިލް ފޮޓޯ

ސަލާމަތީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކާސް ޖަލީލް)ގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިއްޔެ އިތުރުކުރީ، ކުރިން އިތުރުކުރި ބަންދުގެ މުއްދަތު ހަމަވާތީ، ބަންދާމެދު ގޮތެއް ނިންމަން ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޫކަސް ހައްޔަރުކޮށްފައި ވަނީ އޭނާ އާއި އިތުރު ބަޔަކު ގުޅިގެން، ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި، މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމުގެ ތުހުމަތުގައި ކަމަށެވެ.

comment ކޮމެންޓް