އައިއެސް އިން ޔަމަނަށް ހަމަލާދީ 60 މީހަކު މަރާލައިފި

ޔަމަނު ހަނގުރާމައިގައި މިހާތަނަށް 6،600 މީހަކު މަރުވެފައިވޭ -- ފޮޓޯ: ރޮއިޓާސް

އަދަން (އޮގަސްޓް 29): ޔަމަނުގެ އަދަނުގައި ހުރި އަސްކަރިއްޔާގެ ޓްރެއިނިން ކޭމްޕެއްގައި ބޮން ހަރުކޮށްފައިވާ ކާރެއް ގޮއްވާލުމުގެ ސަބަބުން 60 މީހަކު މަރުވެއްޖެ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޑޮކްޓަރުން ބުންޏެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އެޖަމާއަތާ ގުޅުން ހުރި ނޫސް އޭޖެންސީއެއް ކަމަށްވާ އަމާގް މެދުވެރިކޮށް އެހަމަލާގެ ޒިންމާ ނަގާފަ އެވެ.

އެހަމަލާގައި 60 މީހަކު މަރުވުމުގެ އިތުރުން އެތައް ބަޔަކަށް އަނިޔާވެފައިވާ އިރު ޔަމަނުގެ ނޫހެއްގައިވާ ގޮތުން އެއީ މިހާތަނަށް އަދަނަށް ދިން އެންމެ ވަރުގަދަ ހަމަލާ އެވެ.

އައިއެސް އިން އެހަމަލާ ދީފައި ވަނީ ސައުދީންގެ ތާއީދު އޮތް ޔަމަނުގެ ރައީސް، މަންސޫރު ހާދީގެ ސަރުކާރާއި، ސަރުކާރާ އިދިކޮޅު ހޫޘީންނާ ދެމެދު ހިނގަމުންދާ 17 މަސްވީ ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ދުނިޔެއިން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

ޔޫއެން އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޔަމަނު ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ވަނީ 6،600 އަށް އަރައިފަ އެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން 2.5 މިލިއަން މީހުން ވަނީ ގެދޮރުނެތިފަ އެވެ. (ބީބީސީ)

comment ކޮމެންޓް