ޒަވީ އާއި އަޔާލާ އެކު ސެލްފީ އެއް ނަގަން ބޭނުން ތަ؟

އަޔާލާ(ކ) އަދި ޒަވީ: މިރޭގެ މެޗަށް ދަނޑަށް ވަންނަ ފާރަތް ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ސްޕޯޓަރަކަށް މި ދެ ކުޅުންތެރިންނާއި އެކު ސެލްފީ ނަގާލުމުގެ ފުރުސަތު ލިބޭނެ ---

ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް އާއި އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ އާއި އެކު ސެލްފީއެއް ނަގާލުމުގެ ފުރުސަތު އެފްއޭއެމް އިން ހުޅުވާލައިފިއެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބް ކުރި ޓީމާއި މިހާރުގެ ގައުމީ ޓީމް މިރޭ ރަސްމީ ބޯޅަ ދަނޑުގައި ކުޅޭ މެޗަށް ހާއްސަ ދެ މެހެމާނުންގެ ގޮތުގައި ޒަވީ އާއި އަޔާލާ ފެނިގެންދާނެ އިރު އެފްއޭއެމް އިން ބުނީ އެ މެޗުގެ ޓިކެޓް ގަންނަ ފަރާތް ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ފަރާތަކަށް އެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެފެއޭއެމް އިން ބުނީ ޓިކެޓް ގަންނަ ފާރާތް ތަކުން އޭގައިވާ ނަންބަރު ޖެހުމަށް ފަހު ޒަވީ އާއި އަޔާލާގެ ދެ ކުޅުންތެރިންގެ ތެރެއިން ކޮންމެ ވެސް އެއް ކުޅުންތެރުއެއްގެ ނަން ޖެހުމަށް ފަހު 9885555 އަށް އެސްއެމްއެސް އެއް ކޮށްލުމުން ގުރުއަތުގައި ބައިވެރި ވެވޭނެ ކަމަށެވެ.

"ދެ ކުޅުންތެރިންނާއި އެކު ވެސް ސެލްފީ އެއް ނަގާލަން ބޭނުން ނަމަ ވަކި ވަކިން ދެ ކުޅުންތެރިންގެ ނަން ޖައްސަވާލުމަށް ފަހު މެސެޖު ކޮށްލުމުން ގުރުއަތުން ހޮވިއްޖެ ނަމަ އެ ފުރުސަތު ވެސް ލިބިގެން ދާނެ،" އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެފްއޭއެމް އިން ބުނީ މިރޭ 9:00 ޖަހާއިރު ފެށުމަށް ހަމަޖެހެފައިވާ އެ މެޗުގެ ހާފް ޓައިމްއާ ހަމައަށް އެސްއެމްއެސް ކުރުމުގެ ފުރުސަތަ ހުޅުވާލާފައިވާ ކަމަށެވެ.

comment ކޮމެންޓް