ހަފްތާއެއްގެ ދަތުރުފުޅަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ނައިބު ރައީސް ޖިހާދާއި އެމަނިކުފާނުގެ އަނބިކަނބަލުން އާސިމާ ހުސައިން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެން ރަސްމީ ފާލަމުގައި -- ފޮޓޯ// ރައީސް އޮފީސް

ނައިބު ރައީސް އަބްދުﷲ ޖިހާދު ޔޫއޭއީއަށް ކުރެއްވި ހަފްތާއެއްގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.

ނައިބު ރައީސް ޖިހާދާއި އެމަނިކުފާނުގެ އަނބިކަނބަލުން އާސިމާ ހުސައިން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފައިވާ ކަން ރައީސް އޮފީހުން ކަށަވަރުކޮށްދެ އެވެ.

ނައިބު ރައީސްގެ ދެކަނބަލުން ޔޫއޭއީއަށް ކުރެއްވީ ރަސްމީ ދަތުރުފުޅެއް ނަމަވެސް އެ ދަތުރުފުޅާ ބެހޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ. އެމަނިކުފާނު ޔޫއޭއީއަށް ފުރައިވަޑައިގެންނެވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

comment ކޮމެންޓް