ރައީސް ޔާމީން ސާއިދާއެކު އާރަށުގައި ޗެލެންޖު ފުރިހަމަ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުއާ އެކު ތަމްރީނު ކުރިއަށް ގެންދަވަނީ -- ފޮޓޯ: ރައީސް އޮފީސް

ޓްރެއިނިން ވިތު އެމްވީ ޗެމްޕްސްގެ ނަމުގައި ރާއްޖޭގެ ޒުވާން އެތުލީޓަކާއެކު ތަމްރީނުތަކެއް ހެއްދެވުމަށް، އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރުޒޫގު ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުއާ އެކު ތަމްރީނު ފުރިހަމަ ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވީ، ދެކުނު އޭޝިއާގައިވެސް ފާހަގަކޮށްލެވޭ، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދާއެކު ރައީސް ޔާމީން ތަމްރީނުތައް ހެއްދެވީ މިއަދު އާރަށުގައި ކަަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުއާ އެކު ތަމްރީނު ކުރިއަށް ގެންދަވަނީ -- ފޮޓޯ: ރައީސް އޮފީސް

"ޓްރެއިނިން ވިތް އެމްވީ ޗެމްޕްސް" ގެ ހަރަކާތުގައި ބައިވެރިވުމަށް ދައުވަތު ދެއްވި ބޭފުޅުންނަށް މި ޗެލެންޖް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ފަށާ ޕެރަލިމްޕިކްސް ނުވަތަ ސްޕެޝަލް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ކުރިންނެވެ.

ރައީސް ޔާމީންގެ އިތުރުން، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް ވެސް މަރޭ ވަނީ ޗެލެންޖެއް ކުރިމަތިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ޙަސަން ސާޢިދުއާ އެކު ތަމްރީނު ކުރިއަށް ގެންދަވަނީ -- ފޮޓޯ: ރައީސް އޮފީސް

އޭގެ ތެރެއިން ރައީސް ވަހީދުވަނީ، އެމަނިކުފާނަށް ކުރިމަތިކުރެއްވި ޗެލެންޖް މިދިޔަ ބުރާސްފަތި ދުވަހު ފުރިހަމަކުރައްވައިފައެވެ. ރައީސް ވަހީދު ތަމްރީން ފުރިހަމަކުރެއްވީ، ރާއްޖޭގެ ގައުމީ އަންހެން ފެތުންތެރިޔާ އައިމިނަތު ސަޖަންއާއެކު މާލޭ ޓްރެކް ސަރަހައްދުގެ ފަތާ ފެންގަޑުގައެވެ. ސަޖަންއަކީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލޯ މެޑެއްޔެއް ހޯދައިދިން އަންހެން ފެތުންތެރިއެކެވެ. އޭނާ އަކީ ރާއްޖެ އިން ބޭރުގައި ތަމްރީނުތަކެއް ހަދައި، ގިނަ ކުރިއެރުންތަކެއް ހޯދަމުންދާ ފެތުންތެރިއެކެވެ.

އޮގަސްޓް 25، 2016: ޓްރޭން ވިތް އެމްވީ ޗެމްޕްސް"ގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތަމްރީނު ހައްދަވާފައި ވަނީ ރާއްޖޭގެ އެންމެ ބާރު އަންހެން ފެތުންތެރިޔާ އާމިނަތު ސަޖަންއާއެކު--- ސަން ފޮޓޯ: އަފްރާހް

ރައީސް މައުމޫނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ޗެލެންޖަކީ އައިއޯއައިޖީ 2011 އަދި 2015ގައި ބެޑްމިންޓަނުން ރާއްޖެއަށް ލޯ މެޑެލް ހޯދައިދިން މުހައްމަދު އަޖްފާން ރަޝީދާ އެކު ތަމްރީނެއްގައި ބައިވެރިވުމަށެވެ. އަޖުފާނަކީ ސިންގަލްސް، ޑަބަލްސް އަދި ޓީމު އިވެންޓުގެ ބްރޮންޒް މެޑަލިސްޓެކެވެ.

ރައީސް ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނެވީ އައިއޯއައިޖީގައި ރާއްޖެ އަށް ލޯ މެޑެއްޔެއް ހޯދައިދިން އަންހެން ދުވުންތެރިޔާ ސަމްހާ އަހުމަދާއެކު ތަމްރީނެއް ފުރިހަމަކުރާށެވެ. ސަމްހާ އަކީ ގިނަ ދުވަސްތަކަކު އެތުލެޓިކްސްއާ ދުރުގައި ހުރުމަށް ފަހު، ބުރަ މަސައްކަތުން އައިއޯއައިޖީގައި ކާމިޔާބު ހޯދި ދުވުންތެރިއެކެވެ.

__________

* އިތުރު ފޮޓޯ...

comment ކޮމެންޓް