ޝާހިދާއި މީރާ އަށް އަންހެން ކުއްޖަކު ލިބިއްޖެ

ބޮލީވުޑުގެ އެކްޓަރު ޝާހިދު ކަޕޫރުގެ ދެމަފިރިންނަށް މިއަދު އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ޝާހިދުގެ އަންހެނުން މީރާ ރާޖުޕުތު ވިހާފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ދެމަފިރިންނަށް އަންހެން ކުއްޖަކު ލިބުނުކަން ހާމަކޮށްފައި ވަނީ ޝާހިދު އެވެ.

ޓުވިޓާ މެދުވެރިކޮށް އެ އުފާވެރި ޚަބަރު ހިއްސާ ކުރަމުން ޝާހިދު ބުނެފައި ވަނީ އޭނާ އަށް ކުރެވެމުން އަންނަ އުފާވެރިކަމުގެ އިހުސާސް ބަޔާން ކޮށްނުދެވޭނެ ކަމަށެވެ.

ކާމިޔާބު ފިލްމު "އުޅުތާ ޕަންޖާބު" އަށް ފަހު ޝާހިދު ވަނީ މީރާ އާއެކު ވަގުތު ހޭދަކުރުމަށް ފިލްމީ ދާއިރާ އިން ކުޑަ ބްރޭކެއް ނަގައިފަ އެވެ.

ޝާހިދު އާއި މީރާ ކައިވެނި ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެވެ. މިއީ އެމީހުންގެ ފުރަތަމަ ދަރިފުޅެވެ.

comment ކޮމެންޓް