ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބެލުމުގެ އޮޕަރޭޝަނެއް ފަށައިފި

ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބެލުމަށް ގެނައި އިންޑިއާގެ ފްލައިޓް-- ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް)ގައި ޚާއްޞަ ސަވައިލަންސް އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ވައިގެ މަގުން ކުރިއަށްގެންދާ އެ ސަވައިލަންސް އޮޕަރޭޝަންގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނާއި އިންޑިއާގެ ނޭވީން ހަރަކާތްތެރިވާނެ އެވެ. އަދި، ރާއްޖޭގެ އީއީޒެޑް ސަރަޙައްދުގައި ހިންގާ އެ ސަވައިލަންސް އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އިންޑިއާ ނޭވީގެ ޚާއްޞަ މަތިންދާ ބޯޓެއް ރާއްޖެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ސަވައިލަންސް އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމާއި، އެފަދަ ކަމެއް ހިނގާ ނަމަ އެކަމަށް ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް