ފޭދޫން މީދުއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު 12 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

މަރަދޫފޭދޫ، މާކަރީލައިޓް ޢަލީ އަޙްސަން (24އ) --

އައްޑޫ ސިޓީގެ ފޭދޫން އެ ސިޓީގެ މީދުއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު 75,000 ރުފިޔާއިން ޖޫރިމަނާކޮށް 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މަރަދޫފޭދޫ ކޯޓުން ހުކުމް ކޮށްފިއެވެ.

އެ ހުކުމް ކޮށްފައި ވަނީ މަރަދޫފޭދޫ، މާކަރީލައިޓް އަލީ އަހުސަން، 24،ގެ މައްޗަށެވެ.

މަރަދޫފޭދޫ ކޯޓުން ކުރި ހުކުމްގައި ވަނީ 2014 ޖޫން 14 ވަނަ ދުވަހުގެ ހަވީރު 4:00 ހާއިރު ފޭދޫ އިން މިދޫއަށް ދިޔަ ފެރީއަކުން އޭނާ ފޭބިވަގުތު މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ހުރި ނުވަ ރަބަރު ޕެކެޓް ފެނިފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް މަރަދޫފޭދޫ ކޯޓުން ކުރި ހުކުމްގައިވެއެވެ.

comment ކޮމެންޓް