މަހުލޫފް އައިޖީއެމްއެޗަށް ގެންގޮސް ޑޮކްޓަރަށް ދައްކައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ---- ސަން ފައިލް ފޮޓޯ

ދިހަ މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު އައިޖީއެމްއެޗަށް ގެންގޮސް ޑޮކްޓަރަށް ދައްކައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ސަން އަށް ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި މަހުލޫފް އައިޖީއެމްއެޗަށް ގެންގޮސް އާދައިގެމަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.

މަހުލޫފްގެ ބައްޕަ މުހައްމަދު ހައްސާން ސަން އަށް ވިދާޅުވީ އޭނާ ޑޮކްޓަރަށް ދައްކާފައި ވަނީ ކެއި އެއްޗަކުން އެލާޖިކް ވެގެން ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ހައްސާން ވިދާޅުވިއެވެ.

މީގެފަސް ދުވަސް ކުރިން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް މަހުލޫފް ޑޮކްޓަރަށް ދައްކާފައިވެއެވެ.

މަހުލޫފަށް ޖަލު ހުކުމް އިއްވާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދެ ދައުވާއެއް ސާބިތުވެގެންނެވެ.

comment ކޮމެންޓް