ޖޭއެސްސީ އިސްލާހުކުރަން ކޮމަންވެލްތުގައި އެދިފައެއް ނޯންނާނެ

ޖޭއެސްސީގެ ރައީސް އަލީ ހަމީދާއި ފަނޑިޔާރުންތަކެއް-- ސަން ފައިލް ފޮޓޯ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށް ކޮމަންވެލްތުގައި އެދިފައި ނުވާނެ ކަމަށް ޖޭއެސްސީން ބުނެފި އެވެ.

ކޮމަންވެލްތުން ވަނީ ޖޭއެސްސީ އިސްލާހް ކުރުމަށް ނިންމައި އެކަމަށް ލަފާދޭނެ ގާނޫނީ ލަފާދާރެއް ހަމަޖައްސަން ނިންމައި ލީގަލް އެޑްވައިޒަރެއް ހޯދަން އިއުލާނުކޮށްފަ އެވެ.

ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން "ސަން"އަށް މިއަދު ވިދާޅުވީ، ޖޭއެސްސީ އިސްލާހު ކުރުމަށް އެއްވެސް މަޝްވަރާއެއް އެ ކޮމިޝަނުގެ ތެރޭގައި ކޮށްފައިނުވާ ކަމަށާއި އެކޮމިޝަން އިސްލާހު ކުރުމަށް ކޮމަންވެލްތުގައި ނޭދޭ ކަމަށެވެ.

"ގޮތެއް ނިންމާނީ ކޮމިޝަނުން، ކޮމިޝަނުގައި މިހާތަނަށް މަޝްވަރާކޮށްފައެއްވެސް ނޯންނާނެ އިސްލާހް ކުރާކަށް، އެހެންވީމަ ޖޭއެސްސީއަށް އެނގިގެން ދާކަމެއް ނޫން އެއަކީ،" ޒަހީން ވިދާޅުވި އެވެ.

ގާނޫނީ ލަފާދާރުގެ ޒިންމާގެ ތެރޭގައި މިނިވަން އިންސާފުވެރި ޝަރުއީ ދާއިރާއެއް ގާއިމް ކުރުމަށް އިސްލާހު ކުރަން ޖެހޭ ހުރިހާކަމެއް އިސްލާހު ކުރަން ހުށަހެޅުން ކަމަށް ވެސް ކޮމަންވެލްތުގެ ރަސްމީ ވެބްސައިޓުގައި ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެ މަގާމަށް ހޮވޭ ފަރާތަކަށް މަހަކު 48,400 ޕައުންޑް (983141 ދިވެހި ރުފިޔާ) މުސާރައިގެ ގޮތުގައި ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް