ޗައިނާގެ ސަގާފަތް ދައްކުވައިދޭ މިއުޒިކް ޝޯއެއް އަންނަ ހުކުރު ދުވަހުގެ ރޭ

ބަޔަކު ޗައިނާގެ ސަގާފީ އައިޓަމެއް ހުށަހަޅައިދެނީ

ޗައިނާގެ ސަގާފަތް ދައްކުވައިދޭ މިއުޒިކް ޝޯއެއް އަންނަ ހުކުރު ދުވަހުގެރޭ ބާއްވަން ނިންމައިފި އެވެ.

އެ ޝޯއަކީ ޗައިނާ ނެޝަނަލް އޮކެސްޓްރާ ޓިއަންޖިން އިން އިންތިޒާމުކޮށްގެން ބާއްވާ ޝޯއެކެވެ. ޝޯގައި އައިޓަމްތައް ހުށަހަޅައިދެނީ "ބިއުޓިފުލް ޓިއަންޖިން އާޓްސް ޓްރަޕް އޮފް ޗައިނާ" އިންނެވެ.

ހުކުރު ދުވަހުގެރޭ 08:30ގައި ފަށާ އެ ޝޯ ޝަރަފުވެރިކޮށްދެއްވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް އާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫކަންގް އެވެ.

ޗައިނާ އެމްބަސީން ބުނީ އެ ޝޯއަށް އާންމުންނަށް ވެސް ވަދެވޭނެ ކަމަށާއި ވަނުމަށް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް