ސްނެޕްޗެޓާ ވާދަކުރުމަށް ފޭސްބުކުން "ލައިފްސްޓޭޖް" ތައާރަފުކޮށްފި

ފޭސްބުކްއިން ފުރާވަރު ކުދިންނަށް ޚާއްސަކޮށް ތައާރަފުކުރި "ލައިފްސްޓޭޖު" އެޕް --

ސޯޝަލް ނެޓްވޯކިންގް އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ މަޝްހޫރު އެޕްލިކޭޝަނަކީ ސްނެޕްޗެޓެވެ. ނަމަވެސް މީގެ ކުރިން ދުނިޔޭގައި އެންމެ މަޝްހޫރު ސޯޝަލް ނެޓްވޯކް ފޭސްބުކަށް މި ހަގީގަތް "ހަޖަމް" ނުކުރެވި، ސްނެޕްޗެޓާ ވާދަކުރުމަށް އާ އެޕްލިކޭޝަނެއް ތައާރަފު ކޮށްފިއެވެ.

"ލައިފްސްޓޭޖު" ނަމަކަށް ކިޔާ މި އެޕްލިކޭޝަނަކީ، ސްނެޕްޗެޓު ފަދައިން ކުދިކުދި ވީޑިއޯތައް ޝެއާ ކުރެވޭ ސޯޝަލް ނެޓްވޯކިން އެޕެކެވެ.

ސްކޫލްތަކުގައި ކިޔަވާ ފުރާވަރުގެ ދަރިވަރުންނަށް އަމާޒުކޮށް ފޭސްބުކުން ޑިވެލޮޕްކޮށް ތައާރަފުކުރި "ލައިފްސްޓޭޖް" މިވަގުތު ލިބެން ހުރީ އެޕަލް އެޕްސްޓޯރުގަައި އެކަންޏެވެ.

ޔޫޒަރު އެންމެ ގަޔާވާ ކަންކަމާއި ތަންތަނާއި މީހުންގެ ފޮޓޯއާއި ވީޑިއޯ ފަދަ އެއްޗެހި މި އެޕްއަށް އަޕްލޯޑު ކުރުމުން، އެޕުން މިތަކެތި އެއްކޮށްލައި، "ވީޑިއޯ ޕްރޮފައިލް"އަކަށް އެ ކޮންޓެންޓު ބަދަލު ކޮށްލެވެއެވެ.

ކެޕްޝަން..

ސްކޫލް ކުދިންނަށާއި ފުރާވަރު އުމުރުގެ ކުދިންނަށް ޚާއްސަ މި އެޕްގައި، އެހެން މީހުންގެ ވީޑިއޯ ޕްރޮފައިލް ބަލައިލެވޭނީ 21 އަހަރުން ދަށުގެ ފަރާތްތަކަށް އެކަންޏެވެ. އަދި ސްކޫލަކުން އެ އެޕް ވަކި އަދަދެއްގެ ކުދިން ބޭނުންކުރާ ނަމަ، އެ ސްކޫލް "އަންލޮކް ވެ"، އެ ސްކޫލުގެ ޔޫޒަރުންނަށް އެހެން ސްކޫލުތަކުގައި އުޅޭ "ލައިފްސްޓޭޖް" ޔޫޒަރުންގެ ޕްރޮފައިލް ބަލައިލެވޭ ގޮތް ވާނެއެވެ.

އެހެންކަމުން، އެހެން ސްކޫލްތަކުގައި އުޅޭ ރަހުމަތްތެރިންގެ ޕްރޮފައިލް ބަލަން ބޭނުންވާ ނަމަ، ސްކޫލުގެ ރަހުމަތްތެރިން ލައްވާ ވެސް ލައިފްސްޓޭޖް އެޕް ބޭނުން ކުރުވަންވީއެވެ.

ފޭސްބުކުން ދަނީ ސްނެޕްޗެޓާ ވާދަކުރުމަށް ވަރަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފޭސްބުކުން ހިންގާ އިންސްޓަގްރާމަށް ވެސް މި މަހުގެ ތެރޭގައި ވަނީ، ސްނެޕްޗެޓުގެ ފީޗާތައް ހިމެނޭ ގޮތަށް "އިންސްޓަގްރާމް ސްޓޯރީޒް" ނަމަކަށް ކިޔާ އާ ފީޗާއެއް ތައާރަފު ކޮށްފައެވެ.

comment ކޮމެންޓް