އަޝްރަފް އާއި ރާފިއާ ހިމެނޭގޮތަށް ބަހުގެ އެކެޑަމީ އަލުން އެކުލަވާލައިފި

ރަސްމިއްޔާތެއްގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ބަހުގެ އެކަޑެމީގެ އެއް މެމްބަރު ފިޔަވާ އިތުރު މެމްބަރުންގެ ދައުރު ހަމަވުމުން ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އައްޔަން ކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވި މެމްބަރުންގެ ތެރޭގައި އެއެކަޑެމީގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އަޝްރަފް އަލީ އާއި އެއެކެޑަމީގެ ނައިބު ރައީސް ރާފިއާ އަބްދުލް ގާދިރު ވަނީ އައްޔަން ކުރައްވާފައެވެ.

އެއެކެޑެމީއަށް އަލަށް އައްޔަން ކުރައްވާފައިވަނީ ޑިއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު(ކާނަލް) އާއި ބަހުގެ އިލްމުވެރިއެއްކަމަށްވާ މުހައްމަދު ޝާހިދު ހަލީމްއެވެ.

ދެން އެއެކެޑެމީގައި އިންނަވާނީ އަދި ދައުރުގެ މުއްދަތު ހަމަނުވާ އަބްދުލް ރަޝީދު ހުސެއިންނެވެ.

ފަސް އަހަރުގެ މުއްދަތަކަށް މެމްބަރުން އައްޔަންކުރާ އެ އެކެޑެމީގެ ބޭނުމަކީ ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރުމެވެ.

comment ކޮމެންޓް