އެއްފަހަރާ ތިން ޑިވައިސް ޗާޖުކޮށްލެވޭ ދަބަހެއް އެޗްޕީން އުފައްދައިފި

އެޗްޕީ ޕަވާ ބެކްޕެކް. މި ބެކްޕެކްގައި ހިމެނޭ ބެޓެރީއިން އެއްފަހަރާ ތިން ޑިވައިސް ޗާޖުކޮށްލެވޭނެ.

މަޝްހޫރު ކޮމްޕިއުޓަރާއި ފޯނު އަދި އެހެނިހެން އިލެކްޓްރޯނިކް އުފެއްދުންތައް އުފައްދާ ކުންފުންޏެއް ކަމަށްވާ އެޗްޕީ އިން ލެޕްޓޮޕް އަދި އެހެނިހެން ޑިވައިސްތައް ޗާޖު ކުރެވޭނެ ބެކްޕެކެއް އުފައްދައި ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.

ބަލާބެލުމަށް އާދައިގެ ދަބަހެއްގެ ސިފައިގައި ހުއްޓަސް އެޗްޕީ އިން އުފެއްދި ބެކްޕެކުން ލެޕްޓޮޕެއް ފުލް ޗާޖުކޮށްލެވޭނެއެވެ. އެ ބެކްޕެކްގައި ހިމެނޭ 22400 މި ލިއެމްޕަޔަރުގެ ބެޓެރީއިން ސްމާޓްފޯން ދިހަ ފަހަރު ޗާޖު ކުރެވޭއިރު އެއްފަހަރާ ތިން ޑިވައިސް ޗާޖު ކުރުމުގެ ގާބިލުކަން ލިބިފައިވެއެވެ.

އެޗްޕީ އިން ތައާރަފް ކުރި ޕަވާ ބެކްޕެކް --- ފޮޓޯ/ ދަ ވާޖް

އެ ބެކްޕެކްގައި ހުންނަ ވެންޓިލޭޓެޑް ޕޮކެޓުންނާއި، ހޫނުމިން ދެނެގަންނަ ސެންސަރުން ފިނިހޫނުމިން މޮނީޓާ ކޮށް ދަބަސް މާބޮޑަށް ހޫނުވުމުން ދުރުހެލި ކޮށްދިނުމުގެ ގާބިލުކަން ލިބިފައިވެއެވެ.

އެޗްޕީގެ ބެކްޕެކް އިއްޔެއިން ފެށިގެން އެމޭޒަން އިން ޕްރީއޯޑަރު ކުރެވޭ އިރު، އަންނަ އޮކްޓޯބަރު މަހު ބާޒާރަށް ނެރޭނެކަމަށް ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ދަވާރޖުން ބުނެއެވެ. އެޗްޕީ ޕަވާ ބެކްޕެކްގެ އަގު ގާތްގަނޑަކަށް އުޅޭނީ 200 ޑޮލަރަށް (3084 ދިވެހި ރުފިޔާއަށް) ކަމަށްވެސް ދަ ވާޖުން ބުނެ އެވެ.

comment ކޮމެންޓް