ޝެހެނާޒް ހުސައިން ރާއްޖެއަށް ތައާރަފު ކުރަނީ!

ޝެހެނާޒް ހުސައިންގެ ކޮސްމެޓިކްސްގައި އެއްވެސް ކެމިކަލެއް އެކު ނުލެވޭ، އަދި ބޭނުންކުރަނީ ސަތޭކަ ޕަސަންޓު ގުދުރަތީ ވަސީލަތްތައް--

ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ، އިންޑިއާގެ ކޮސްމެޓިކް ބްރޭންޑް "ޝެހެނާޒް ހުސައިން"ގެ ކޮސްމެޓިކްސް ރާއްޖެއަށް ތައާރަފު ކުރުމުގެ ތައްޔާރީތައް ވަމުން އެބަ ދެއެވެ.

އިންޑިއާގެ ޝެހެނާޒް ހާބަލްސް އިންކޯޕަރޭޓެޑްއިން އުފައްދާ ޝެހެނާޒް ހުސައިން ބްރޭންޑުގެ ކޮސްމެޓިކްސްގެ، ރާއްޖެއާއި ސްރީލަންކާގެ ސޯލް ޑިސްޓްރިބިއުޓަރު އަދި ފްރެންޗައިޒް އޮތޯރިޓީއަކީ ދިވެހި ކުންފުންޏެއް ކަމުގައިވާ ހައިބްރޯ ޕްރައިވެޓް ލިމިޓެޑެވެ.

ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި، ޝެހެނާޒް ހުސައިން ފްރެންޗައިޒްގެ ދަށުން 400 އަށް ވުރެ ގިނަ އައުޓްލެޓް ހިންގަމުންދޭ --

ޝެހެނާޒް ހުސައިންގެ ކޮސްމެޓިކްސްއަކީ އެއްވެސް ކެމިކަލެއް އެކު ނުލެވޭ، އަދި ސަތޭކަ ޕަސަންޓު ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ޕްރޮޑަކްޓް ތަކެކެވެ. އޭގެ ތެރޭގައި ފަތްޕިލާވެލި، މާމެލާމެލި، މޭވާ އެކްސްޓްރެކްޓް، އެސެންޝަލް އޮއިލް އަދި އެހެނިހެން ގުދުރަތީ ތަކެތި ހިމެނެއެވެ.

ޝެހެނާޒް ހުސައިންގެ ޕްރޮޑަކްޓްސްގެ ތެރޭގައި ހެއާ ޕްރޮޑަކްޓްސް، ސްކިން ޕްރޮޑަކްޓްސް އަދި ކޮސްމެޓިކް ޕްރޮޑަކްޓްސް ހުރެއެވެ. މި ބްރޭންޑުގެ، އެކި ރޭންޖުތަކުގެ ކޮސްމެޓިކްސް ވެސް ހުރެއެވެ.

ޝެހެނާޒް ހުސައިންގެ ކޮސްމެޓިކްސްގައި އެއްވެސް ކެމިކަލެއް އެކު ނުލެވޭ، އަދި ބޭނުންކުރަނީ ސަތޭކަ ޕަސަންޓު ގުދުރަތީ ވަސީލަތްތައް--

ރާއްޖެއާއި ސްރީލަންކާގައި ޝެހެނާޒް ހުސައިންގެ ފްރެންޗައިޒް އޮތޯރިޓީ ހައިބްރޯ ޕްރައިވެޓު ލިމިޓެޑުގެ ޑިރެކްޓަރެއް ކަމުގައިވާ ވަދީފް ހަސަން ސައީދު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ޝެހެނާޒް ހުސައިން ފްރެންޗައިޒްގެ ދަށުން އެ ކުންފުނިން ފުރަތަމަ ހުޅުވާ ޝޯރޫމް ހުޅުވަނީ މާލޭގައި ކަމަށެވެ. ޝެހެނާޒް ހުސައިންގެ، މާލޭގެ ޝޯރޫމް ހުޅުވާނީ ލޮނުޒިޔާރަތް މަގުގައެވެ. މާލޭގައި ޝޯރޫމެއް ހުޅުވުމަށް ފަހު، ފްރެންޗައިޒް އޮތޯރިޓީ ލިބުނު ދެވަނަ ގައުމު ކަމުގައިވާ ސްރީލަންކާގައި ވެސް ޝޯރޫމެއް ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އާންމުކޮށް މަތީ އަގުތަކުގައި އުޅޭ ޝެހެނާޒް ހުސައިން ކޮސްމެޓިކް ޕްރޮޑަކްޓްތައް ރާއްޖޭގައި ވިއްކާނީ ވަރަށް ބޮޑު ތަން އަގު ހެޔޮކޮށް ކަމަށް ހައިބްރޯ ޕްރައިވެޓް ލިމިޓެޑުން ބުންޏެވެ.

ޝެހެނާޒް ހުސައިން ކޮސްމެޓިކް ޕްރޮޑަކްޓްތައް ރާއްޖޭގައި ވިއްކާނީ ވަރަށް ބޮޑު ތަން އަގު ހެޔޮކޮށްކަމށް ބުނޭ --

ޝެހެނާޒް ހުސައިނަކީ އަންހެނުންނަށް ޚާއްސަ ކޮސްމެޓިކް ބްރޭންޑެކެވެ. މި ބްރޭންޑުގެ ފިރިހެން ކޮސްމެޓިކް ލައިނެއް ވެސް މިހާރު ތައާރަފު ކޮށްފައި އޮތް ނަމަވެސް، ރާއްޖޭގައި ހުޅުވާ ޝެހެނާޒް ހުސައިން ފިހާރައިން ލިބޭނީ އަންހެނުންނަށް ޚާއްސަ ޕްރޮޑަކްޓްތައް އެކަންޏެވެ.

"އަޅުގަނޑުމެންގެ ސްޓާފުން، ކަސްޓަމަރުންނަށް ގައިޑް ކޮށްދޭނެ މި ޕްރޮޑަކްޓްތައް ބޭނުންކުރަންޖެހޭ ގޮތް،" ހައިބްރޯ ކުންފުނީގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.

ޝެހެނާޒް ހުސައިންގެ ކޮސްމެޓިކްސްގައި އެއްވެސް ކެމިކަލެއް އެކު ނުލެވޭ، އަދި ބޭނުންކުރަނީ ސަތޭކަ ޕަސަންޓު ގުދުރަތީ ވަސީލަތްތައް--

ޝެހެނާޒް ހުސައިންގެ މާލޭގެ ޝޯރޫމް ހުޅުވުމަށް ނިންމާފައި ވަނީ މި މަހުގެ ތެރޭގައެވެ. ޝެހެނާޒް ހުސައިން ކުންފުނިން ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުގައި، ޝެހެނާޒް ހުސައިން ފްރެންޗައިޒްގެ ދަށުން 400 އަށް ވުރެ ގިނަ އައުޓްލެޓް ހިންގަމުން ދެއެވެ. އޭގެ ތެރޭގައި ފްރެންޗައިޒް ފިހާރަތައް، ސެލޮންތައް، އަޔުރްވެދިކް ސްޕާތައް އަދި ބިއުޓީ އިންސްޓިޓިއުޓުތައް ހިމެނެއެވެ.

ޝެހެނާޒް ހުސައިން ބްރޭންޑަށް ވަނީ އާޔުރްވެދިކް ބިއުޓީ ކެއާގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ އެވޯޑުތަކެއް ލިބިފައެވެ.

comment ކޮމެންޓް